ގާޑިއަންސް އޮފް ގެލެކްސީގެ ޝޫޓިން ނިންމާލައިފި
ގާޑިއަންސް އޮފް ގެލެކްސީގެ ޝޫޓިން ނިންމާލައިފި

މާވެލްގެ މަގުބޫލު ފްރެންޗައިޒް "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ދެވަނަ ބައިގެ ޝޫޓިން އިއްޔެ ނިންމާލައިފި އެވެ.

ޖޭމްސް ގަން ޑައިރެކްޓްކުރި ގާޑިއަންސް އޮފް ގެލެކްސީގެ ތިންވަނަ ބައި ނުވަތަ "ވޮލިއުމް 3"ގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ. ދެން ވަރަށް އަވަހަށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނެ އެވެ.

އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ގާޑިއަންސް އޮފް ދަ ގެލެކްސީ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމަށް ވަނީ އިޝާރާތްކޮށްފަ އެވެ.

އަލަށް ނެރޭ ފިލްމުގައި ވެސް އޮރިޖިނަލް ކާސްޓުންގެ ގޮތުގައި ހިމެނޭ ކްރިސް ޕްރެޓް އާއި ކޭރެން ޖިލިއަން އާއި ޒޯއީ ސެލްޑާނާ އަދި ޕޮމް ކްލެމެންޓީފް އަދި ޑޭވް ބޮޓީސްޓާ ހިމެނޭނެ އެވެ.