ބައި މިލިއަންގެ މެތު އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި
ބައި މިލިއަންގެ މެތު އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ރާއްޖެ އެތެރެކުރަން އުުޅުނު ބައި މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލްތައް ބަލައިި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތެއް ފެނިގެން މޯލްޑިވްސް ކަސްޓަމްސްއިން އެ ތަކެތި ތަހުލީލު ކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތުއެމްފަޓަމައިން (މެތު) އަށް ޕޮޒިޓިވްވެފަ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުންނާނެ އެވެ. އަދި އެ ތަކެތީގެ އަގު 500,000 ރ. އަށް އަރާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.