08 މެއި 2022 - 11:02

ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުުޅުނު ބައި މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ރޭ ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރުސަލްތައް ބަލައިި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތެއް ފެނިފައިިވާ ކަމަށެވެ.
ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއެމްފަޓަމައިން (މެތު) އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.3 ކިލޯ ހުރި ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ނޭނގެ އެވެ.
އެޑިކްޓްވާ ގިނަ މާއްދާތަކެއް އެކުލެވިގެން ހަދާ މެތު ރާއްޖޭގައި އާންމު އެއްޗަކަށްވެ, ހިލޭ ލިބޭ ހިސާބަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅުގަ އެވެ.