07 މެއި 2022 - 19:59

ކ. މާފުށީގައި ތޫނު އެއްޗަކުން ހަމަލާދޭން އުޅުމަށް ފަހު މާލެ އައިތަނާ ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 20 އަހަރާއި 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުން މާލެ އިން ހައްޔަރުކުރީ މާފުށިން އައިތަނާ އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މި ދުވަސްވަރު މާލެ އާއި ހުޅުމާލޭގައި ގްރޫޕް މާރާމާރީތައް ގިނަ އެވެ. އެ މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.