ފަހަތުން އަރައި އިންޓަ މޮޅުވިއިރު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ޔުވެންޓަސް ބަލިވެއްޖެ
ފަހަތުން އަރައި އިންޓަ މޮޅުވިއިރު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ޔުވެންޓަސް ބަލިވެއްޖެ

މިލާން (މެއި 7) - އިޓާލިއަން ލީގު ދިފާއުކުރުމުގެ އަމިއްލަ ބާރު ގެއްލިފައިވާ އިންޓަ މިލާނުން ފަހަތުން އަރައި 4-2 އިން އެމްޕޯލީ ބަލިކުރި އިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީން ކޮށްފައިވާ ޔުވެންޓަސް، ލީގު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ބަލި ވެއްޖެ އެވެ.

ފަހަތުން އަރައި އިންޓަ މޮޅުވިއިރު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ޔުވެންޓަސް ބަލިވެއްޖެ
ފަހަތުން އަރައި އިންޓަ މޮޅުވިއިރު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ޔުވެންޓަސް ބަލިވެއްޖެ

މެޗުގެ 28 މިނިޓު ތެރޭ އެމްޕޯލީން ވަނީ އިންޓަ މިލާން ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ފަސްވަނަ މިނިޓުގައި އެމްޕޯލީ އަށް ލީޑު ނަގައިދިނީ ލޯނު އުސޫލުން އެޓީމަށް ކުޅޭ އިންޓަ މިލާނުގެ ޒުވާޏް ފޯވާޑް އަންޑްރޭ ޕިނަމޮންޓީ އެވެ. އަދި ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ އެޓީމުގެ އެކަޑަމީ އިން ތަމްރީނު ހޯދައިގެން މި ސީޒަނުގައި ސީނިއާ ކެރިއަރު ފެށި އަލްބޭނިއާގެ ޒުވާން މިޑްފީލްޑަރު ކްރިސްޓިއަން އަސްލާނީ އެވެ.

ފަހަތުން އަރައި އިންޓަ މޮޅުވިއިރު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ޔުވެންޓަސް ބަލިވެއްޖެ
ފަހަތުން އަރައި އިންޓަ މޮޅުވިއިރު ރެލިގޭޝަނުގައި އޮތް ޖެނޮއާ އަތުން ޔުވެންޓަސް ބަލިވެއްޖެ

އެމްޕޯލީގެ ލީޑު ކުޑަވީ ފުރަތަމަ ހާފް ނިމެން ފަސްމިނިޓަށް ވެފައި ވަނިކޮށް އެޓީމުގެ ޑިފެންޑަރު ސިމިއޯނީ ރޮމަނޯލީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ފައިދާ ނަގައި މި ހާފުގެ އެންމެ ފަހު މިނިޓުގައި އިންޓަ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

އިންޓަ މިލާނުން ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނެގީ 64 ވަނަ މިނިޓުގަ އެވެ. ލީޑު ނެގި ލަނޑު ވެސް ޖަހައިދިނީ މާޓިނޭޒް އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހީ އެލެކްސިސް ސަންޗޭޒް އެވެ.

މިއާ އެކު އިންޓަ މިލާން ވަނީ އޭސީ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެ، އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ޓޭބަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް މާދަމާ ރޭ އޭސީ މިލާނުން ރަށުން ބޭރުގައި ހަލެސް ވެރޯނާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން، އަލުން އޭސީ މިލާނުގެ އަތުގައި އޮތް ދެ ޕޮއިންޓުގެ ލީޑާ އެކު އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބަ އޮތެވެ.

އޭއެސް ރޯމާ މިދިޔަ ހަފްތާ ބޮލޯނިއާއާ ވާދަކޮށް އެއްވަރު ވުމާ އެކު ޔުވެންޓަސް ވަނީ މިދިޔަ ހަފްތާ ވެނީޒިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެން، ލީގު ގަދަ ހަތަރެއް ޔަގީން ކޮށްގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދައިފަ އެވެ. ނަމަވެސް ރެލިގޭޝަނުގައި އޮތް ޖެނޮއާއާ ދެކޮޅަށް ޔުވެންޓަސް ރޭ ކުޅުނު މެޗުން އެޓީމު ވަނީ 2-1 އިން ބަލި ވެފަ އެވެ.

މެޗުގެ 48 ވަނަ މިނިޓުގައި ޕައޮލޯ ޑިބާލާ ޖެހި ލަނޑުން މެޗު ނިމެން ދަނިކޮށް ޖެނޮއާ އިން އެއްވަރު ކުރީ 87 ވަނަ މިނިޓުގައި އަލްބާޓް ގުޑްމަންޑްސަން ޖެހި ލަނޑުންނެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ގުޑްމަންޑްސަން ކުރި ކުށަކަށް ޔުވެންޓަސް އަށް ޕެނަލްޓީއެއް ދޭން ވެސް ރެފްރީ އިޝާރާތް ކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީގެ ނިންމުން ބަދަލު ކުރި އެވެ.

ޖެނޮއާ އިން އެއްވަރުކުރިތާ ދެ މިނިޓު ފަހުން ޔުވެންޓަސްގެ ލިއެނާޑޯ ބޮނޫޗީ އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ގެނޮއާގެ ނަދީމް އަމީރީ ބޯޅަ ފޮނުވާލި ނަމަވެސް ސަލާމަތް ކުރީ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ އެވެ.

އެޓީމުން ލީޑު ނެގީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ޔުވެންޓަސްގެ ޑިފެންޑަރު މަޓިއާ ޑި ޝީލިއޯ ކުރި ކުށަކަށް ދިން މި ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ޑޮމިނީކޯ ކްރިސީޓޯ އެވެ.

އެޓީމުން ލީޑު ނެގުމުގެ ކުޑަ އިރުކޮޅެއް ކުރިން މޮއިސް ކީން އަށް ވަނީ ޔުވެންޓަސް އަށް ލީޑު ނަގަން ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. އަލްވަރޯ މޮރާޓާ، ޖެނޮއާގެ ކީޕަރު ސަލްވަޓޯ ސިރިގޯ ކައިރީގައި ހުރެ، ހުސްކޮށްލާފައި ކީން އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ.