07 މެއި 2022 - 07:48

ސީޑަބްލިއުގެ އެންމެ މަޝްހޫރު އެއް ޓީވީ ޝޯ ކަމަށްވާ "ދަ ވެމްޕަޔާ ޑައިރީސް" އިން މަޝްހޫރުވި އެކްޓަރު ކެޓް ގްރެހެމް އެންގޭޖުވެއްޖެ އެވެ.
ކެޓް ގްރެހެމް އަކީ ވެމްޕަޔާ ޑައިރީސްގައި ބޮނީ ބެނެޓްގެ ރޯލު ކުޅުނު އެކްޓަރެވެ. އެ ކެރެކްޓާ އަކީ މުޅި ޝޯގައި ވެސް އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެކަކެވެ.
ކެޓް އެންގޭޖުވިކަން އިއުލާނުކުރީ އިއްޔެ އެވެ.
އޭނާ އެންގޭޖުވެފައި ވަނީ ވެމްޕަޔާ ޑައިރީސްގައި އޭނާ އުޅުނުއިރު، އެ ޝޯ ޑައިރެކްޓުކުރަން އުޅުނު މީހެއް ކަމަށްވާ ޑެރެން ގެރެޓްއާ އެވެ.
އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ ޝޯގެ ޝޫޓިންތަކުގެ ތެރެއިންނެވެ. އެ ޝޯގެ ޝޫޓިން ތެރެއިން ދެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދުނެވެ. ނަމަވެސް އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުގަ އެވެ. އެއީ ވެމްޕަޔާ ޑައިރީސް ނިމުނުތާ އަހަރެއްހާ ފަހުންނެވެ.