ކައްދޫ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް މޯލްޑިވިއަންގެ ބޯޓެއް ކަހާލައިފި
ކައްދޫ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް މޯލްޑިވިއަންގެ ބޯޓެއް ކަހާލައިފި

ލ. ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މޯލްޑިވިއަންގެ ބޯޓެއް މިރޭ ރަންވޭމަތިން ކަހާލައިފި އެވެ.

ގައުމީ އެއާލައިނުން ކުރި ޓުވީޓެއްގައި ބުނީ މިރޭ 7:45 ހާއިރު ކައްދުއަށް ބޯޓެއް ޖެއްސުމުގެ ތެރޭގައި ރަންވޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ބޯޓުން ހުރިހާ ފަސިންޖަރުން ބާލުވާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެކަން ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ކައްދޫ އެއާޕޯޓޫގެ ރަންވޭ މަތިން ބޯޓު ކަހާލިއިރު، އެ ސަރަހައްދުގެ މޫސުން މިރޭ ވަރަށް ގޯހެވެ. ބާރަށް ވައިޖެހި، ވިދަމުންދާ ކަމަށް އޭވިއޭޝަނާ ގުޅޭ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުންޏެވެ.