05 މެއި 2022 - 21:52

ދުނިޔޭގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ ''މެންގޯ''ގެ އާ ހެދުން ފިހާރައެއް މާލޭގައި މިރޭ ހުޅުވައިފި އެވެ.

މަޖީދީ މަގުގައި މިހާރު ހުރި ފިހާރައިގެ އިތުރުން އާ ފިހާރައެއް ހާއްސަކުރީ ފިރިހެނުންނާއި ކުޑަކުދިންނަށެވެ. ސޮނީ ސްޕޯޓްސް އިން އެ ފިހާރަ ވެސް ހުޅުވީ މަޖީދީ މަގުގަ އެވެ.

ކުރީގެ ފިހާރަ ކައިރީގައި މަޖީދީ މަގުގެ އަނެއް ފަރާތުގައި ހުޅުވި އެ ފިހާރަ އިން އެންމެ ފަހުގެ ހެދުންތަކާއި އެކްސެސަރީތައް ލިބޭނެ އެވެ. ފިރިހެނުންގެ ހެދުމުގެ އިތުރުން ނިއު ބޯން އިން ފެށިގެން 14 އަހަރާ ދެމެދުގެ ކުދިންގެ ހެދުން ހުންނާނެ އެވެ.

ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10:00-12:00 އަށެވެ. މެންދުރުފަހު 14:00-18:00 އަދި ރޭގަނޑު 20:00-22:00 ދެމެދުގައި ވެސް ހުޅުވާނެ އެވެ.

މެންގޯއަކީ މީގެ 38 އަހަރު ކުރިން 1984 ގައި އުފެދުނު، ސްޕެއިންގެ އަންނައުނު ބްރޭންޑެކެވެ. އެ ބްރޭންޑްގެ ފިހާރަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިހުރެ އެވެ.