މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި މިދިޔަ ހޯމަ ދުވަހު ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފިތުރު އީދު ދުވަހުގެ ހެނދުނު މާލޭގައި ދެ މާރާމާރީ ހިންގި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަނަވަރީ މަގާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގން ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން، 18، އަދި 15 އަހަރުގެ ކުއްޖެއް ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ދެ މީހަކަށް އޭޑީކޭގައި ފަރުވާ ވެސް ދިނެވެ.

ޒިޔާންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަދި އަމުރުކޮށްފަ އެވެ. ކުޑަ ކުއްޖާގެ ބަންދަށް ދީފައިވަނީ ހަތް ދުވަހެވެ.

އެ ދެ މީހުންގެ އިތުރުން އެ މައްސަލައިގައި ހިމެނޭ އިތުރު ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ފަދަ މާރާމާރީތައް ހިންގުން ވަރަށް ބޮޑަށް މަދުވުމަށްފަހު، މި ފަހުން އަނެއްކާ ވެސް ވަނީ ގްރޫޕް މާރާމާރީތައް އިތުރުވެފަ އެވެ. ހުޅުމާލޭގައި ވެސް ރޭ ދެ މާރާމާރީއެއް ހިންގި އެވެ. އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ.