06 މެއި 2022 - 08:09

ތިން ބޮޑީގާޑުންނާ އެކު ކުރީގެ ރައީސް މުހަންމަދު ނަޝީދު، މިދިޔަ އަހަރުގެ މި ދުވަހުގެ ރޭ، 8:27 ހާއިރު އަމިއްލަ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގަތީ މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރުއްވާށެވެ. ހިންގަވާފައި ވަޑައިގެން، މަޖީދީމަގުގެ ކަންމައްޗާ އަރާ ހަމަވި ތަނުން ދެން އިވުނީ ބާރު އަޑަކާ އެކު ގަދަފަދަ ގޮވުމެކެވެ. އެއީ ސީދާ އެ މަނިކުފާނުގެ ފުރާނަ ދުއްވާލަން ދުރާލައި ރޭވިގެން ބަޔަކު ހިންގި އަމަލެކެވެ. ވަރަށް ހަނިގޮތަކަށް ނަޝީދުގެ ފުރާނަ ސަލާމަތްވި އެ ހާދިސާ އަށް މިއަދު އެއް އަހަރު ފުރުނީ އެވެ.

މިއީ، އެ ރެއާއި އޭގެ ފަހުން އެ ހާދިސާއާ ގުޅިގެން ހިނގައިދިޔަ ބައެއް ހަނދާންތަކުގެ ފޮޓޯތަކެވެ.


















