ގްރޫޕު މާރާމާރީތަކާ ގުޅިގެން ހަތް މީހަކު ހޯދަން އިއުލާނުކޮށްފި
ގްރޫޕު މާރާމާރީތަކާ ގުޅިގެން ހަތް މީހަކު ހޯދަން އިއުލާނުކޮށްފި

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހަތް މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކާ ބަޔަކު ހޯދަމުންދާ ކަމަށެވެ. އެ މީހުންނަކީ؛

- މާލެ، ދަފްތަރު ނަމްބަރު 2260، މައުސޫމް މުހައްމަދު ދީދީ، 27،

- ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު، 22

- މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް، 18

- ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24

- ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27

- ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު، 20

- ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު، 21

ގްރޫޕް މާރާމާރީތަކާ ގުޅިގެން ބަޔަކު ހޯދަން އިއުލާނުކުރިއިރު، މާލޭގައި މި ފަހުން ވަނީ އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފަ އެވެ. ފިތުރު އީދު ދުވަހު މާލޭގައި ދެ މާރާމާރީ އަދި ހުޅުމާލޭގައި އެކަނި ވެސް ރޭ ދެ މާރާމާރީ ހިންގި އެވެ.

ފުލުހުން ބުނީ ރޭ ފުރަތަމަ މާރާމާރީ ހިންގީ ފޭސް އެކެއްގައި ހުންނަ ލަޔާ ރެސްޓޯރަންޓު ކައިރީގައި ކަމަށެވެ. އެ ތަނުގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓް ކޮށްފައިވަނީ 9:15 ހާއިރު އެވެ.

ދެ ވަނަ މާރާމާރީ ރިޕޯޓުކުރީ އޭގެ ވިއްސަކަށް މިނެޓް ފަހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖެއް ކައިރީގައި މާރާމާރީ ހިންގައިގެންނެވެ.

އެ މާރާމާރީތަކާ ގުޅިގެން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އަދި އެ ހަމަލާތަކާ ގުޅިގެން ފޭސް ދޭކުން ފަސް މީހުން ހައްޔަރުކުރި އެވެ.