06 މެއި 2022 - 07:52

ނިއު ޔޯކް ޓައިމްސް އިން ވޯޑުލް ގަތް ފަހުން 10 މިލިއަނަށް ވުރެ ގިނަ އިތުރު ސަބްސްކްރައިބާސް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓައިމްސް އަށް ލިބުނު އާމްދަނީ އިއުލާންކުރައްވަމުން އެ ކުންފުނީގެ ސީއީއޯ މެރެޓިތު ކޮޕިޓް ލިވިއެން ވިދާޅުވީ ވޯޑުލްގެ ސަބްސްކްރައިބާސް ގިނަވިއިރު، އެ ކުންފުނީގެ އެހެން ގޭމްތައް ކުޅޭ މީހުންގެ އަދަދު ވެސް މިދިޔަ ކުއާޓާގައި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"މިއީ މި ކުންފުނީގެ ގޭމްތަކަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުއާޓާ،" އޭނާ ވިދާޅުވި އެވެ.
ވޯޑުލްގެ އުފެއްދުންތެރިޔާ ޖޯޝް ވާޑުލްގެ އަތުން، ޓައިމްސް އިން އެ ގޭމް ގަތީ މި އަހަރު ޖެނުއަރީގަ އެވެ. އެ ގޭމް ވިއްކާލި އަގު ވަނީ ސިއްރުކޮށްފަ އެވެ. ސީދާ އަގު ނުބުނެ، ޖޯޝް ވާޑުލްގެ އިއުލާނުގައި އޭރު ބުނީ އެ ގޭމް ވިއްކާލީ މަދުވެގެން މިލިއަން ޑޮރަލަށް ކަމަށެވެ.
ވޯޑުލް ފިޔަވާ ޓައިމްސްގެ އެހެން ހުރިހާ ގޭމްތަކެއް ކުޅެވެނީ ކޮންމެ މަހަކު ފަސް ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.