ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް
ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް

މެޑްރިޑް (މެއި 5) - ސެމީ ފައިނަލްގެ ދެވަނަ ލެގްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނަތީޖާ އަނބުރާލައި ރެއާލް މެޑްރިޑްގެ ރަސްމީ ސްޓައިލްގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެޓީމު ދަތުރުކޮށްފި އެވެ.

ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް
ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް

ސެމީގެ ފުރަތަމަ ލެގު ސިޓީ އިން 4-3 އިން ކާމިޔާބު ކުރި ނަމަވެސް ރެއާލް މެޑްރިޑުން ވަނީ ސެންޓިއާގޯ ބާނަބެއޫ ގައި އެކްސްޓްރާ ޓައިމް ކުޅެ 3-1 އިން ސިޓީ ބަލިކޮށް، 5-4 ގެ އެގްރިގޭޓް ނަތީޖާއިން ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް
ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް

ރެއާލް މެޑްރިޑުން ފުރަތަމަ ލެގުގައި ބަލިވި ނަމަވެސް، އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، ފުރަތަމަ ލެގުން ސެމީ ފައިނަލުގެ ނަތީޖާ ނުނެރޭކަމަށާއި، ނަތީޖާ ނެރޭނީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި ކަމަށެވެ.

ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް
ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް

"އެކަމަކު ނަތީޖާ (ސެމީ ފައިނަލުގެ) ނިންމާނީ މިރޭ (ފުރަތަމަ ލެގުގައި) އެއް ނޫން. ނަތީޖާ ފައިނަލް ކުރާނީ ބާނަބައޫގައި،" ކާލޯ އަންޗެލޮޓީ ފުރަތަމަ ލެގުގެ ކުރިން އޮތް ނޫޗްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ.

ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް
ނަތީޖާ އަނބުރާލައި އެކްލަބްގެ ރަސްމީ ސްޓައިލްގައި ރެއާލް ފައިނަލަށް

މިދިޔަ ސީޒަނުގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ކެޓީ ޗެލްސީ އަތުން ބަލިވެގެންނެވެ. ނަމަވެސް މި ސީޒަނުގެ ސެމީ ފައިނަލަށް ރެއާލް ދަތުރުކުރީ، ކުއާޓާ ފައިނަލުގައި ޗެލްސީ ބަލި ކޮށްގެންނެވެ. އަދި މިހާތަނަށް ރެކޯޑް 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑުން މި ސީޒަނުގެ ފައިނަލުން ޖާގަ ހޯދާފައި މިވަނީ މިދިޔަ ސީޒަނުގެ ފައިނަލުގައި ޗެލްސީން ބަލިކުރި މެންޗެސްޓާ ސިޓީ ފަހަތުން އަރައި ބަލިކޮށްގެންނެވެ.

ރެއާލް މެޑްރިޑުން ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އުފެއްދި ކައުންޓާ އެޓޭކެއްގައި ޑެނީ ކާވަހާލް ހުރަސްކުރި ބޯޅަ ކަރީމް ބެންޒެމާ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ސިޓީގެ ރިޔާދް މަހްރޭޒް އާއި ކެވިން ޑިބްރޭނާ އަދި ގެބްރިއެލް ޖީސަސް އާއި ފިލް ފޮޑެން ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރިއިރު، ރެއާލުން މި ހާފުގައި ފޮނުވާލި އެންމެ ހަމަލާއެއް ވެސް ގޯލާ އަމާޒެއް ނުވި އެވެ.

ދެވަނަ ހާފު ފެށިގެން ސިކުންތުކޮޅެއް ތެރޭ ރެއާލް އަށް އެގްރިގޭޓް ނަތީޖާ އެއްވަރުކުރަން ހުސް ފުރުސަތެއް ލިބި ބޭކާރު ވި އެވެ. ފަށައިގެން އަރިމަތިން ކުރައަށް ކުޅުނު ބޯޅަ ކާވަހާލް ހޯދައި ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ފާ ޕޯސްޓުގައި ހުރި ވިނީޝިއުސް ޖޫނިއާ އަށް އެބޯޅަ ގޯލާ އަމާޒުކޮށެއް ނުލެވުނެވެ.

އޭގެ ފަހުން ކާލޯސް ކަސެމީރޯ އާއި ކަރީމް ބެންޒެމާ ހުސްކޮށްލާފައި ވިނީޝިއުސް އަށް ހޯދައިދިން ދެ ފުރުސަތުގައި ވެސް އޭނާ އަށް ކޮންޓްރޯލެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި ސިޓީގެ ރުބެން ޑިއާޒް ދިފާއުކުރަން ޖެއްސި ބޯޅައެއްގައި ވިނީޝިއުސް އަށް ލިބުނު ފުރުސަތުގައި ވެސް އޭނާ އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނިޓަށް ވެފައި ވަނިކޮށް، ވިނީޝިއުސް އާއި ސިޓީގެ ކައިލް ވޯކާ ދެ ކުޅުންތެރިން ބޯޅައަށް މަސައްކަތްކުރަން އުޅުމުގެ ތެރޭގައި ވޯކާގެ ކަކުލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. ވޯކާގެ ބަދަލުގައި އޮލެކްސެންޑަ ޒިންޗެންކޯ އެރުވި އެވެ. އޭގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކެވިން ޑިބްރޭނާގެ ބަދަލުގައި އިލްކޭ ގުންޑޮގާން ކުޅެން އަރުވައިފަ އެވެ.

ގާޑިއޯލާގެ ދެ ބަަދަލާ އެކު މެޗުގެ ފުރަތަމަ ގޯލު ޖަހާކަށް ސިޓީ އަށް މާ ގިނައިރެއް ނުނެގި އެވެ. އަލުން ފަށައިގެން ކުޅުނު ފުރަތަމަ ބޯޅައިގައި ސިޓީއަށް ލަނޑު ޖަހައިދިނީ ރިޔާދް މަހްރޭޒް އެވެ. ޒިންޗެންކޯ މެދުތެރޭން ގުންޑޮގާން އަށް ޖައްސާލި ބޯޅަ އޭނާ ދިނީ ޑީ އޭރިއާ ކައިރިން ހުސްވި ބެނާޑޯ ސިލްވާ އަށެވެ. ސިލްވާ ކަނާތްފަރާތު އަރިމައްޗަށް ހުސްކޮށްލި ބޯޅަ މަހްރޭޒް ވަނީ ހަނި އޭންގަލުން ގޯލުގެ މަތީ ކަނަށް އޮޅާލައިފަ އެވެ.

ސިޓީގެ ލަނޑަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ކަސެމީރޯ އާއި ލޫކާ މޮޑްރިޗްގެ ބަދަލުގައި މާކޯ އަސެންސިއޯ އާއި އެޑުއާޑޯ ކަމަވިންގާ ކުޅެން އަރުވައިފަ އެވެ. ސިޓީން ޖެސޫސް އާއި ލަނޑު ޖަހައިދިން މަހްރޭޒްގެ ބަދަލުގައި ކެޕްޓަން ފެނާންޑީނިއޯ އަދި ޖެކް ގްރީލިޝް ކުޅެން އަރުވައި އޭގެ ފަހުން ވެސް ރެއާލްގެ ގޯލަށް ނުރައްކާކުރި އެވެ. ޔާއޯ ކަންސެލޯ ފޮނުވާލި ބޯޅައެއް ކޯޓުއާ ދިފާއު ކުރިއިރު ޖެކް ގްރީލިޝް މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ކޯޓުއާ ވެސް ނައްޓާފައި ފޮނުވާލި ބޯޅަ ގޯލް ލައިން މަތިން ދިފާއު ކުރީ ކާވަހާލް އެވެ. އޭގެ ފަހުން ވެސް ގްރީލިޝް އޭރިއާ ތެރެއާށް ވަދެ ފޮނުވާލި ބޯޅައެއް ގޯލު ހުރަސްވެގެން ބޭރުވީ ކީޕަރު ކޯޓުއާގެ ބޫޓުގެ ދަށްފުށުގައި ކޭއްތިލައިފަ އެވެ.

މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައި ވެސް ސިޓީގެ ތަރިއަކަށް ވި މަހްރޭޒްގެ ހަމައެކަނި ގޯލާ އެކު މެޗު ނިންމާލަން ދަނިކޮށް ރެއާލް އަށް ނަތީޖާ އެއްވަރު ކޮށްދީ، މެޗު އެކްސްޓްރާ ޓައިމަށް ގެންގޮސްދިނީ 68 ވަނަ މިނިޓުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ، އެޓީމުގެ ޓޯނީ ކްރޫޒްގެ ބަދަލުގައި ކުޅެން އެރުވި ރޮޑްރިގޯ އެވެ.

ރެއާލް އިން ސިޓީގެ ދެ ގޯލުގެ ލީޑު ކުޑަކުރީ 90 ވަނަ މިނިޓުގައި، އެޑުއާޑޯ ކަމަވިންގާ ހުރަސްކުރި ބޯޅައަކުން ބެންޒެމާ ބޮލުން ދިން ބޯޅައެއް ރޮޑްރިގޯ ގޯލުގެ ތެރަށް ފޮނުވާލައިގެންނެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަ މިނިޓުގެ ފުރަތަމަ 55 ވަނަ ސިކުންތުގައި ކާވަހާލް ނެގި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ރޮޑްރިގޯ ރެއާލް މެޑްރިޑަށް އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދިނެވެ. އޭގެ ދެ މިނިޓު ފަހުން ރޮޑްރިގޯ އަށް އޭނާގެ ހެޓްރިކް ފުރިހަމަކޮށް ރެއާލް އަށް އެގްރިގޭޓުން ލީޑު ނަގައިދޭން ހުސްކޮށް ފުރުސަތު ލިބުނު ނަމަވެސް ހަނި އޭންގަލުން އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ދިފާއު ކުރި އެވެ.

ރެއާލް މެޑްރިޑުން ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި އެގްރިގޭޓުން ލީޑު ނެގީ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނިޓުގައި ޕެނަލްޓީއަކުން ބެންޒެމާ ޖެހި ލަނޑުންނެވެ. މިއީ ސިޓީގެ ރުބެން ޑިއާޒް، ބެންޒެމާ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގައި ޗެލްސީ ކަޓުވާލީ ވެސް ފަހު ވަގުތު ރޮޑްރިގޯގެ ލަނޑުން އެކްސްޓްރާ ޓައިމަށް ގޮސް، ބެންޒެމާ ޖެހި ލަނޑުންނެވެ. އަދި ގަދަ 16 ގައި ޕީއެސްޖީއާ އެކު ފުރަތަމަ ލެގުގައި ބަލިވިއިރު އެޓީމުން ވަނީ ބެންޒެމާގެ ހެޓްރިކަކާ އެކު އެގްރިގޭޓުން ކުރިހޯދައިފަ އެވެ.

މި ހާފުގެ އެންމެ ފަހު ސިކުންތުގައި ސިޓީ އަށް އަލުން އެގްރިގޭޓުން ކުރި ހޯދަން ވެސް ފުރުސަތު ލިބުނެވެ. ކަންސެލޯ ނެގި ހުރަހެއް ފޮޑެން ބޮލުން ފޮނުވާލުމުން ކޯޓުއާ ދިފާއު ކުރިއިރު، އެ ބޯޅަ ކޯނަރަކަށް ބޭރުވުމުގެ ކުރިން ފެނާންޑީނިއޯ އެއަށް މަސައްކަތް ކުރި ނަމަވެސް ގޯލާ ސީދާކޮށެއް ނުލެވުނެވެ.

މުބާރާތުގެ ފައިނަލުގައި ރެއާލް ނުކުންނާނީ ވެސް އިނގިރޭސި ކުލަބަކާ ދެކޮޅަށެވެ. މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އެޓީމުން ނުކުންނާނީ އިނގިރޭސި ކުލަބް ލިވަޕޫލާ ދެކޮޅަށެވެ.