05 މެއި 2022 - 00:16

މަގުމައްޗަށް ވެއްޓިފައި އޮއްވައި އައިޖީއެމްއެޗަށް ގެންދިޔަ ދުވަސްވީ މީހަކު މަރުވެ އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. މަގުމައްޗަށް ވެއްޓިފައި އޮއްވައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހަވީރު ކަމަށްވެ އެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމެއް ފެންނަން ނެތް ކަމަށް އެނގިފައިވެ އެވެ. ބެލެވޭ ގޮތުގައި އެއީ ހާޓް އެޓޭކެއް ޖެހިގެން މަރުވި މީހެކެވެ.
މިއީ ކާކުކަން ދެނެގަންނަން ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށް އެނގިފައި ވިޔަސް މިކަމާ ބެހޭ މައުލޫމާތެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.