ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުން: ފައްޔާޒް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުން: ފައްޔާޒް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވައި ވެރިކަމުގެ ދެ ވަނަ ދައުރެއް އެމަނިކުފާނަށް ހޯއްދަވައިދެއްވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުން: ފައްޔާޒް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުން: ފައްޔާޒް

ވެރިކަމުގެ ދެ ވަނަ ދައުރެއް ފުރިހަމަ ކުރައްވާ މަންޒަރު ދެކެވަޑައިގަތުމަކީ އުއްމީދެއް ކަމަށް ފައްޔާޒް ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ނިންމަވައިގެން ހުންނެވި ގޮތެއް މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން އެހި ކޮންމެ ފަހަރަކު ވެސް ވިދާޅުވެފައި ވަނީ އެމަނިކުފާނަށް މުހިއްމީ ފަސް އަހަރުގެ ދައުރަކަށް ވެވަޑައިގަތް ވައުދު ފުއްދެވުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުން: ފައްޔާޒް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރަން ބޭނުން: ފައްޔާޒް

އޭގެ ކުރިން، ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސްގެ އުފަން ރަށް، ޅ. ހިންނަވަރުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް 2023 ހޯދައިދޭން ބޭނުންވާ ކަމަށެވެ. ޚާއްސަކޮށް ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނަވައި އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ރައީސް ސޯލިހް ކުރިމަތިލައްވައިގެން ކާމިޔާބުކޮށްދޭން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް 2023 ގެ ވާހަކަ ދެއްކެވި އިރު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ބޭރުގެ ނޫހަކަށް ވިދާޅުވެފައި ވަނީ ޕާޓީން އެދޭ ނަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. މިގޮތަށް އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދު ހޯދުމުގެ ކެމްޕޭންގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނިކޮށެވެ.

ޗެއާޕާސަންގެ މި އިންތިހާބު ކާމިޔާބުކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަށް މުހިއްމުވެ ޕާޓީގެ ދެ ފެކްޝަނުގެ އަރައިރުން ބޮޑުވެފައި ވަނީ ވެސް ރިޔާސީ ޕްރައިމަރީއާ ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމުމުގައި ޕާޓީގެ އިދާރީ ހިންގުމުގެ ތެރެއިން ޗެއާޕާސަންގެ ދައުރު ބޮޑުވާނެތީ އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި 2018ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ހިސާބުން ފެށިގެން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެމްޑީޕީ ތެރެއިން މިހާރު އެ ފެންނަނީ އެކަންކަން ތިލަވަމުން އައިސް ސާފު މަންޒަރެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ސަރުކާރު ހިންގަވަމުން މިހާތަނަށް ގެންދެވީ ވެސް، ފައްޔާޒް ވިދާޅުވި ގޮތުގައި، ޕާޓީ ތެރެއިން ކުރިމަތިވާ ކަންކަމާ އެކުގަ އެވެ.

ޗެއާޕާސަންގެ މި އިންތިިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދާ އެކު ފައްޔާޒް ނުކުންނެވި އިރު ނަޝީދުގެ ކެންޑިޑޭޓަކީ އިމްތިޔާޒް ފަހުމީ އެވެ. މި ކެމްޕޭންގައި ޕާޓީގައި ހަމަނުޖެހުން ބޮޑުވެ، ކުރިން ހާމަނުވެ ހުރި ގިނަ ވާހަކަތައް މީޑިއާ އަށް ވެސް ޕާޓީގެ އިސް ސަފުން އަންނަނީ ވިދާޅުވެ ދެއްވަމުންނެވެ.

ރިޔާސީ ކެންޑިޑޭޓާ ހިސާބުން ފެށުނު އުނދަގޫތަކުން ސަރުކާރު ދިފާއުކުރަން މަޖިލީސް މެމްބަރުންތަކެއް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޖިލީސް ތެރޭގައި ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ 65 މެމްބަރުންނާ އެކު މަޖިލީހުގައި އަޣުލަބިއްޔަތު އޮތަސް ފެންނަނީ ރައީސް ސޯލިހާއި ނަޝީދުގެ ފެކްޝަން އުފެދި ޕާލަމެންޓްރީ ގްރޫޕް ހިނގަމުން އައި ތަނެވެ.

"އަޅުގަނޑުމެންގެ ޓީމުން އަޅުގަނޑުމެންގެ ބައިކޮޅަށް އެތައް ގޯލެއް ޖަހާ އަޅުގަނޑުމެން ގޯލެއް ޖެހީމަ އޮފް ސައިޑު ކަމަށް ބުނެ މިކަންކަން ކުރަމުން މިއޮތްހާ ދުވަހު ދިޔައީ. އަޅުގަނޑުމެންނަކަށް އިތުރަކަށް ވަގުތެއް ނެތް އެ ސަކަރާތް ޖަހަން ތިބެވޭކަށް، 2023 މިއޮތީ ވަރަށް ކައިރިވެފައި،" ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ މި ސަރުކާރާ ޕާޓީއާ އެއް މިސްރާބަކަށް ގެންދެވޭނެ މަގުފަހިކުރަން، ޕާޓީއާ ސަރުކާރާ ވާހަކަ ދެކެވެން އެބަޖެހޭ."

އެމްޑީޕީގެ 2018ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ފާސްކުރީ އެ ޕާޓީގެ ކޮންގްރެސް އިންނެވެ. ނަޝީދު އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ބަންދުވެފައި އޮތީ އެމަނިކުފާނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.

އޭގެ ކުރިން އޮންނަ ގޮތުން ނަމަ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރިމަރީއެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އާއްމު މެމްބަރުންނާ ވެސް ޕާޓީއާ ވާހަކަ ދެކެވެން ޖެހެ އެވެ. ކަންބޮޑުވުންތައް ވެސް ހައްލުވާން ޖެހެ އެވެ.

"އެމްޑީޕީން ވަކާލާތުކުރަން އައި ނިޒާމުގެ ސަރުކާރެއް ގާއިމްކޮށް، ރައީސް ސޯލިހް އެ ދައްކަވަނީ ގޮންޖެހުންތަކާ އެކުގައި ވެސް އަދި އަޅުގަނޑުމެންނާ ދިމާލަށް އެއްޗެކޭ ބުނާ އިދިކޮޅުވާ ކޮންމެ މީހަކު ހައްޔަރުކޮށްގެން ބަންދުކޮށް އަނިޔާ ނުދީ ވެސް ގައުމު ތަރައްގީ ކުރެވިދާނެ ކަން. އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ވެސް ހޯދައި ދެވިދާނެ ކަން،" ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ދެން ވެސް ބޭނުން ވަނީ މިފަދަ ވެރިކަމެއް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ހިންގާލަން ޖެހޭނީ އެ ސަބަބުތަކާ ހެދި ކަމަށާއި 2023 އެމްޑީޕީއަށް ކާމިޔާބުވާން އޮތީ ހިންގާލައިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ފައްޔާޒް ތަކުރާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ކާމިޔާބީގެ ފަހަތުގައި އާއްމު މެމްބަރުންގެ ހިއްސާ ބޮޑުއިރު، އެމްޑީޕީގެ ހަރަކާތްތައް މިހާރު އޮތީ މުޅިން ހުއްޓިފަ އެވެ.

"އަޅުގަނޑުމެން މިއޮއްހާ ދުވަހު ކުރި މަސައްކަތުން ވެރިކަމެއް ގާއިމްކުރެވި ތިން އަހަރާ ބައި ވެގެންދާ އިރުގައި އަޅުގަނޑުމެންގެ ޕާޓީއަކަށެއް އެންމެ ޖަލްސާއެއް ވެސް ބާއްވައެއް ނުލެވޭ. އެއީ ދެރަ ކަމެއް އަޅުގަނޑު ދެކޭ ގޮތުގައި،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އާއްމު މެމްބަރުން ބޭނުން ވަނީ ޕާޓީ ހިންގުމަށެވެ. މި އިންތިހާބު އޭނާ ކާމިޔާބުކޮށް، އާއްމު މެމްބަރުން ބޭނުންވާ ގޮތަށް ޕާޓީ ހަރަކާތްތެރިކުރުވައި 2023 އާ ހަމައަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ މެއި 14 ވަނަ ދުވަހު އަޅުގަނޑު އެކަމަށް އިންތިހާބުވުމާ އެކު އެ މަސައްކަތް [ޕާޓީ ހިންގަން] ފަށާނަން. 2023 ކަށަވަރު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.