އީދަށް އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ޑިސްކައުންޓް
އީދަށް އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރުންނަށް ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްއިން ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަކޮށްގެން ރަޓައުޓީ ރެސްޓޯރަންޓުންނާއި ޗާކޯލް ކެފޭ އާއި ޗޮކްލެޓް ހެދުން ފިހާރައިން އީދަށް ހާއްސަކޮށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.

ހޯމަ ދުވަހުން ފެށިގެން ދޭން ފެށި ޑިސްކައުންޓް އަންނަ އާދިއްތައިގެ ނިޔަލަށް ލިބޭނެ އެވެ.

އުރީދޫން ބުނީ އެ ޑިސްކައުންޓު ލިބޭނީ ހަމައެކަނި ކްލަބް ޕްރިމިއާ މެންބަރުންނަށް ކަމަށެވެ.

ކްލަބް ޕްރިމިއާގެ ހާއްސަ މެންބަރަކަށް ޝަރުތު ހަމަވާނީ އެ ކުންފުނީގެ ސްޕަނެޓް ޕެކޭޖުގެ 40M އަށްވުރެ މަތީ ޕެކޭޖުތައް ނެގުމުންނެވެ.

ނުވަތަ ޕޯސްޕެއިޑް ޕެކޭޖުތަކުގެ ތެރެއިން 1000ރ. އަށްވުރެ މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނެވެ.