އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީ ފުނޑާލިޔަކަ ނުދޭނަން: އިންތި
އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީ ފުނޑާލިޔަކަ ނުދޭނަން: އިންތި

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވައި، ޕާޓީ ފުނޑާލަން ކުރާ މަސައްކަތް ހުއްޓުވައި އަސާސްތަކަށް ލޮޅުން އެރުވުމުގެ ދޮރުތައް ވެސް ބަންދުކުރައްވާނެ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީ ފުނޑާލިޔަކަ ނުދޭނަން: އިންތި
އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީ ފުނޑާލިޔަކަ ނުދޭނަން: އިންތި

ދ. ބަނޑިދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެެއްގައި އިންތި ވިދާޅުވީ އެމްޑީޕީގެ އަސާސްތައް ފުނޑާލައި އިތުބާރު ގެއްލުވާލުމުގެ ނުބައި ވިސްނުންތަކެއް ޕާޓީގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ކުރަނީ ޕާޓީގެ އެތެރެއިން ކަމަށް ވިދާޅުވެ މި އިންތިހާބުގައި އޭނާގެ ވާދަވެރިޔާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ)ގެ ޓީމަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވި އެވެ.

އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީ ފުނޑާލިޔަކަ ނުދޭނަން: އިންތި
އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީ ފުނޑާލިޔަކަ ނުދޭނަން: އިންތި

އިންތި ވިދާޅުވީ މި މަހުގެ 14 ގައި އޮންނަ އިންތިހާބަކީ އެމްޑީޕީގެ އާއްމު މެމްބަރުންނަށް ލިބިފައިވާ އެންމެ ބާރުވެރި ހައްގުގެ ބޭނުން ހިފައި އެމްޑީޕީއަށް ޗެއާޕާސަނަކު ހޮވުން ކަމަށެވެ. އެ އިންތިހާބަކީ ވަޒީރު ކަމުގެ ބާކީ އޮތް ދޮޅު އަހަރާ އެއްވެސް ގުޅުމެއް އޮތް އިންތިހާބެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ ޕާޓީއަށް ބޭނުންވާ، ތިޔަ ބޭފުޅުން މިނިވަންކަމާ އެކު ގޮސް ވޯޓު އަޅުއްވައިގެން ހޮއްވަވައި ތިޔަ ބޭފުޅުންގެ ކުރިއަށް އޮތް ފަސް އަހަރަށް އަދި ކުރިއަށް އޮތް ޒަމާންތަކަކަށް މި ޕާޓީގެ ގޮތުގައި ގެންދިއުމަށްޓަަކައި ނިންމަވާ މުހިއްމު ނިންމެވުމުގެ ވަގުތު،" އިންތި ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތް، މި ކުރެވުނު ހުރިހާ ދަތުރުތަކުން މުޅި ރާއްޖޭގެ ކަންކޮޅުތަކުން ޝައްކެއް ނެތް އިރާދަކުރެއްވިއްޔާ މި ޕާޓީގެ އާއްމު މެމްބަރުން ތިއްބެވީ މި ޕާޓީއާ އެކު ކުރިއަށް ގެންދިއުމަށް، ޕާޓީގެ އަސްލުގެ ގޮތުގައި ކުރިއަށް ގެންދަން ނިންމަވައިގެން."

އެމްޑީޕީއަށް އިހްލާސްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމާ އެކު އޭނާގެ ހިދުމަތް ލިބޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ވައްޓާލުމާއި އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އަނިޔާތަކުގައި ވެސް މެމްބަރުންނަށް ފެންނަ ހިސާބުގައި ގާތުގައި އޭނާ ހުންނެވި އެވެ. އެއީ ލިބިވަޑައިގަންނަވާ ފަހުރެއް އަދި ޝަރަފެއް ކަމަށާއި އެމްޑީޕީއަށް ހިދުމަތް ކުރާނީ އެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"ބަދަލެއް ނާންނާނެ، ނަފްސެއް ނުވިކޭނެ، ނުގަނެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕާޓީގެ އަސްލަށް ރުޖޫއަކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ތެދުވެރިކަމާ އެކު ކުރާނަން،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވާތީ، އިންތި ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ފަހަރު ފުނޑާލަން މަސައްކަތްތަކެއް ކޮށްފި އެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ އާއްމު މެމްބަރުންގެ ހިތްވަރާއި ކެރުންތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"އެކަން ކާމިޔާބު ނުވީމާ ޕާޓީގެ އެތެރެއިން އަޅުގަނޑުމެންނަށް ލޮޅުން ގެންނަން މަސައްކަތް ކުރާ ހެން އެބަ ހީވޭ. އަޅުގަނޑު ޝައްކު ކުރަން. އަދި ޔަގީންވާ ހިސާބަށް ވެސް އެކަންކަން އެބަދޭ. އެކަން ކުރުމަށް އެންމެ ނަތީޖާ ނެރެވޭނެ ގޮތެއް ކަމަށް އެކަން ކުރާ މީހުންގެ ހިތުން މި ދެކެނީ ޕާޓީގެ އަސާސްތަކަށް ގުޑުން އަރުވައިގެން،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ، ވައްކަމާއި ހިޔާނާތް ނައްތާލައި މިނިވަންކަމާ އެކު ވޯޓުލުން ފަދަ އަސާސްތަކަށް އިތުބާރު ގެއްލުވާލައިގެންނެވެ.

"މި އިތުބާރު ގެއްލުވާލީމަ ނޫންތޯ ޕާޓީއަށް ލޮޅުން އަރާނީ. އެކަން ޕާޓީގެ އެތެރެއިން ކުރާ ތަން މި ފެންނަނީ. އެކަން ކުރުމުގެ ފުރުސަތެއް އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި ނުދޭނަން، ބަންދުވީ، އެކަމެއް ނުކުރެވޭނެ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީއަށް 17 އަހަރު ވި އިރު، ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވަޒީރަކަށް ވޯޓު ނުދީފި ނަމަ ރަށް ފަޅުކުރާނެ ކަމުގެ އިންޒާރު ދީފާނެ ކަމަށް ހިތަށް އެރީ ކޮން މެމްބަރެއްތޯ އިންތި ސުވާލު ކުރެއްވި އެވެ. ވާދަވެރިޔާ ފައްޔާޒަށް ތުހުމަތުތަކަކާ އެކު ފާޑުވިދާޅުވުމުން އިންތި ވިދާޅުވީ އެފަދަ ހުރިހާ ވިސްނުންތަކެއް ޕާޓީގައި ބާތިލްކޮށް، ދޮރުތައް ބަންދުވާނެ ކަމަށެވެ.

ވަޒީފާގެ ބިރެއް ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އުފަންވުމުގެ މާ ކުރިން ވެސް ޕާޓީގެ އުސޫލްތަކަށް ލޯތްބާއި ގަދަރު ދެވިއްޖެ ކަމަށާއި އަދިވެސް ދެމިހުންނެވީ އެ އަސާސްތަކުގަ އެވެ. އެކަމަކު ވާދަވެރިންނަކީ އެ މުއްދަތަށް ޕާޓީގެ ހިދުމަތްތެރިން ނޫން ކަމަށް ވިދާޅުވި އެވެ.