އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާ އޭޝިއާ އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އެއާ އޭޝިއާގެ ދަތުރުތައް އިއްޔެ ވެލާނާ އެއާޕޯޓަށް ފެށީ ރާއްޖެއަށް ކޮންމެ ހަފްތާއެއްގެ އަންގާރަ އާއި ހޮނިހިރު ދުވަހު ދަތުރުކުރާ ގޮތަށެވެ.

އަލުން އެއާ އޭޝިއާ އިން ދަތުރު ފެށުމާ އެކު އެއާޕޯޓުން އިއްޔެ ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ.

އެއާ އޭޝިއާ އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެންނެވެ.

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށާފައި މިވަނީ މެލޭޝިއާގެ ބޯޑަރު ހުޅުވާލުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތާވަލުކުރި ނަމަވެސް ބޯޑަރު ނުހުޅުވާތީ ދަތުރުތައް މަޑުޖައްސާލީ އެވެ.

ރާއްޖެއަށް މިވަގުތު 30 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ އެއާލައިނުން ދަތުުރުކުރެ އެވެ.