02 މެއި 2022 - 18:04

ފުވައްމުލަކުގައި ޑައިވިނަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ކޯސްޓްގާޑުން ހޯދަން ފެށީ މިއަދު 3:45 ހާއިރު ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ 35 ވަރަކަށް އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނުއިރު ލައިގެންހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެކެވެ.
އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އެރަށުގައި ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެކެވެ.