02 މެއި 2022 - 08:09

ދެވަނަ ދަރިފުޅަށް ބަލިވެއިން އިރު، 27 ކިލޯ ބަރުވި ކަމަށް ކައިލީ ޖެނާ ބުނެފި އެވެ.
އިންސްޓަގްރާމް މޮޑެލް އަދި މޭކަޕް މޯގުލް ކައިލީ ޖެނާ އަށް ވަނީ ފެބްރުއަރީ މަހުގައި ދެވަނަ ދަރިއެއް ލިބިފަ އެވެ. މިފަހަރު ފިރިހެން ކުއްޖެއް ލިބުނު އިރު ބަނޑުބޮޑުވުމާ އެކު، 27 ކިލޯ ބަރުވި ކަމަށް އޭނާ ބުންޏެވެ.
އަދި ފާއިތުވި ދެ މަހެއްގެ ތެރޭގައި ކަސްރަތުކޮށް ސިއްހަތަށް ރައްކާތެރިވުމަށް އިތުރަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މިހާތަނަށް އޭނާ ވަނީ 15 ކިލޯ އަށް ވުރެ ބޮޑަށް ކުރީގެ ބަރުދަން ލުއި ކޮށްލައިފަ އެވެ.
ބަނޑުބޮޑުވުމުގެ ކުރިން ހަށިގަނޑު ހުރި ބަރުދަނަށް ދިޔުމަށް މަސައްކަތް ކުރި ނަމަވެސް އެ އަމާޒު ހާސިލުކުރުމަށް އަދި އެއްވެސް ވަރަކަށް ލަސްވެގެން ނޫޅޭ ކަމަށް ބުންޏެވެ.
"ހަމަ އެއްވެސް ވަރަކަށް ޕްރެޝާނުކޮށް އެންމެ ރައްކާތެރިވާނެ، ވަރަށް ދުޅަހެޔޮ ހަށިގަނޑެއް ހޯދުމަށް މި މަސައްކަތް ކުރަނީ،" ކައިލީ ބުންޏެވެ.
އޭނާ ބުނީ މި ދުވަސްވަރު ވަރަށް ބިޒީ ކަމަށެވެ. ފުރަތަމަ ދަރިފުޅު ސްޓޯމީ ބަލަމުން އަލަށް ލިބުނު ދަރިފުޅު ބެލުމުގައި އުޅޭތީ އެންމެ އެކަށީގެންވާ ވަރަށް ހުސް ވަގުތު ވެސް ނުލިބޭ ކަމަށެވެ.