ވޮބް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވޮބް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މަސައްކަތުގެ ދާއިރާގެ މީހުންނަށް ހާއްސަކޮށްގެން ވިމެން އޮން ބޯޑް (ވޮބް) އިން ދޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މި އެވޯޑް ދޭން ނިންމާފައި ވަނީ ހަތް ދާއިރާއަކުންނެވެ.

އެއީ:

1. ބެސްޓް ކޯޕަރޭޓް ފޯ ޖެންޑާ ޑައިވާސިޓީ

2. ބެސްޓް ވުމަން ކޮމްޕެނީ ސެކްރެޓަރީ

3. ބެސްޓް ވުމަން މެނޭޖަރު

4. ބެސްޓް ޔަންގް ވުމަން ޕްރޮފެޝަނަލް

5. ބެސްޓް ވުމަން ސީއީއޯ އިން ޕަބްލިކް ސެކްޓާ

6. ބެސްޓް ވުމަން ސީއީއޯ އިން ޕްރައިވެޓް ސެކްޓާ

7. ބެސްޓް ވުމަން ޗެއާޕާސަން އިން ދަ ޕަބްލިކް ސެކްޓާ

މި ޖަމިއްޔާ އިން ބުނީ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެވޯޑަށް ހުށަހަޅާ މީހުންގެ ނަންތައް ދިރާސާކުރުމަށް ގާބިލް ކޮމެޓީއެއް ނަގާފައިވާ ކަމަށް ވޮބް އިން ބުންޏެވެ.

އަންހެނުން ކުރިއެރުވުމަށް ބާރު އަޅަންޖެހޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް ވޮބް އިން ބުންޏެވެ. އޭގެ ތެރޭގައި އިގުތިސާދީ ގޮތުން ކުރިއެރުވުމާއި ފިރިހެނުންނާއި އަންހެނުންނާ ދެމެދު ތަފާތު ކުރުންތައް ނައްތާލުން ހިމެނެ އެވެ.

މިދިޔަ އަހަރު ތައާރަފުކުރި މި އެވޯޑު، 11 އަންހެނަކަށް ވަނީ ދިނެވެ.