30 އެޕްރީލް 2022 - 20:31

ރޯމް (އޭޕްރީލް 30) - މަޝްވޫރު ފުޓްބޯޅަ އެޖެންޓް މިނޯ ރައިއޯލާ މިއަދު މަރު ވެއްޖެ އެވެ.
ޒްލަޓާން އިބްރޮހިމޮވިޗް، ޕޯލް ޕޮގްބާ އަދި އާލިންގް ހާލަންޑްގެ އެޖެންޓް 54 އަހަރުގައި މިއަދު މަރުވީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނިކޮށެވެ.
އޭނާ މަރުވި ކަމަށް މިދިޔަ ބުދަދުވަހު ހަބަރު ފެތުރުނު ނަމަވެސްއެވާހަކަ ދޮގު ކުރި އެވެ. އެކަމަކު މިއަދު އޭނާ މަރު ވެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.