ސަލްމާން ޚާނާ އެކު ޝެހެނާޒް ބޮލީވުޑަށް
ސަލްމާން ޚާނާ އެކު ޝެހެނާޒް ބޮލީވުޑަށް

މަޝްހޫރު ތަރި ސަލްމާން ޚާނާ އެކު "ބިގް ބޮސް 13" އިން ވިދާލި ޝެހެނާޒް ގިލް ބޮލީވުޑަށް ނިކުންނަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝެހެނާޒް ބޮލީވުޑަށް ނިކުންނާނީ "ކަބީ އީދު ކަބީ ދިވާލީ" އިން ކަމަށްވެ އެވެ.

އެ ފިލްމުގައި ސަލްމާނާ އެކު ފެންނާނީ ޕޫޖާ ހެޖާއި ކްރިތީ ސަނޮންގެ އިތުރުން އަޔޫޝް ޝަރްމާ އެވެ.

އެ ފިލްމުގައި ޝެހެނާޒް ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސަނާ ފެންނާނީ އަޔޫޝްއާ އެކު އެވެ.

އަޔޫޝް އަކީ ސަލްމާނުގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާ އެވެ. އޭނާ ވެސް ބޮލީވުޑަށް ނެރެދިނީ ސަލްމާނެވެ.

އެންމެ ފަހުން އަޔޫޝް ފެނުނީ "އަންތިމް: ދަ ފައިނަލް ޓްރޫތު" ގަ އެވެ. އެ ފިލްމުގައި އޭނާ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ.

ޕަންޖާބް ފިލްމު އިންޑަސްޓްރީގައި މީގެ ކުރިން މަަސައްކަތްކޮށް، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝެހެނާޒްގެ ބޮލީވުޑް ފެނިލުމަށް މިހާރު ސަޕޯޓަރުން ތިބީ ކެތްމަދުވެފަ އެވެ.

"ކާބީ އީދު ކަބީ ދިވާލީ" އަކީ ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ނެރޭ ސޯޝަލް ފެމިލީ ކޮމެޑީއެކެވެ. ފިލްމު ރިލީޒް ކުރާ ގޮތަށް އޮތީ މި އަހަރުގެ ޑިސެމްބަރު 30 ގަ އެވެ.

ޝެހެނާޒް އެންމެ ފަހުން ފެނުނީ "ހޯސްލާ ރަކް" އިންނެވެ.

"ބިގް ބޮސް 13" ގެ ހޯސްޓް ސަލްމާން ސިފަކުރާ ގޮތުގައި ސަނާ އަކީ "ޕަންޖާބީ ކެޓްރީނާ ކައިފް" އެވެ.