އާމިރުގެ "ދަންގަލް" ފޭސްބުކްގައި ލީކް ކޮށްލައިފި
އާމިރުގެ "ދަންގަލް" ފޭސްބުކްގައި ލީކް ކޮށްލައިފި

އާމިރު ޚާންގެ "ދަންގަލް" ރިލީޒްކުރިތާ މާ ގިނައިރެއް ނުވެ ފޭސްބުކްގައި ލީކްވެ އޭނާ ވެސް އޮންލައިން ފޭރުމުގެ ޝިކާރައަކަށް ވެއްޖެ އެވެ.

މިއީ ފިލްމު ރިލީޒްކުރުމުގެ ކުރިން އާމިރުގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިއީ ކޮންމެ މީހެއްގެ ވެސް ޖީބުގައި ފޮޓޯ އާއި ވީޑިއޯ ނެގޭ ފޯންތައް އޮންނަ ޒަމާން ކަމުން މިފަދަ ކަންތައްތައް ހުއްޓުވަން ކުރެވޭނެ މާ ގިނަ ކަމެއް ނޯވެ އެވެ.

ހާޝިމީ އޭޗް ނަމުގައި ފޭސްބުކް ބޭނުންކުރާ މީހަކު މުޅި ފިލްމު އެއްކޮށް އޮންލައިންގައި ލީކުކޮށްލުމުން އިސާހިތަކު ހަތް ލައްކަ އަށް ވުރެ ގިނަ މީހުން އެ ބަލާފައިވެ އެވެ. އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މި ފިލްމު ޝެއާކޮށްފަ އެވެ.

މި ފިލްމު މިހާރު ސޯޝަލް މީޑިއާ އިން ނުބެލޭ ގޮތް ހަދާފައިވާނެ ކަމަށް ބުނި ނަމަވެސް ޔޫޓިއުބުން އަދިވެސް ގިނަ ބަޔަކު ވަނީ ބަލާފަ އެވެ.

"ދަންގަލް" ގެ ކުރިން ރަޖްނީކާންތުގެ "ކަބާލީ" އަދި ސަލްމާންގެ "ސުލްތާން" ވެސް ލީކުވި އެވެ.

މި ކަހަލަ ބޮޑެތި ފިލްމުތައް ލީކުވުމަކީ މިހާރު އާންމު ކަމެކެވެ. އެކަން ކޮންޓްރޯލްކުރަން މަސައްކަތްކޮށް ކާމިޔާބުވާއިރު ގިނަ ބަޔަކު އޮންނަނީ ފިލްމު ބަލައިފަަ އެވެ. އެެހެންކަމުން ފިލްމަށް ލިބެން ޖެހޭ އަސްލު ފައިދާއެއް ނުނެރެވެ އެވެ.