28 އެޕްރީލް 2022 - 14:43

އެންމެ ލަގްޒަރީ ފަރުނީޗަރުގެ އުފެއްދުންތައް ވިއްކަމުންދާ ހައި އެންޑް ފަރުނީޗަރު ފިހާރައިން ވިއްކާ ޕްރިމިއަމް ގޮދަޑީގެ މަގުބޫލުކަން ބޮޑުވެއްޖެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ހައިއެންޑް ފަރުނީޗަރުގެ ޕްރީމިއަމް ގޮދަޑިއަކީ ހައިބްރިޑް ގޮދަޑިއެކެވެ.

މިއީ ވަރުގަދަ ޕޮކެޓް ސްޕްރިންގްތަކާއި ފޯމްގެ ތަފާތު އެކި ބާވަތްތަކުގެ ފަށަލައިގެ މައްޗަށް އުފައްދާފައިވާ ގޮދަޑިއެކެވެ. ގޮދަޑި ހަދާފައިވަނީ މައިބަދައަށް ލިބެންޖެހޭ ސަޕޯޓު ލިބި އަރާމުކޮށް ނިދައިލެވޭ ގޮތަށެވެ.

އުފެއްދުމުގައި ފެންވަރު ރަނގަޅު ތަކެތި ބޭނުންކޮށްފައިވާ އެ ގޮދަޑިތަކަށް އެއްވެސް ބަދަލެއް ނައިސް 12 ވަރަކަށް އަހަރަށް ގެންގުޅެވޭނެ އެވެ.
އާންމު ގޮތެއްގައި ގެންގުޅޭ ގޮދަޑިތައް ގިނަ ދުވަސްވުމުގެ ސަބަބުން މެދުން އަޑިވާގޮތްވެ އެވެ. ނަމަވެސް ހައި އެންޑް ފަރުނީޗަރުން ވިއްކާ މި ގޮދަޑި ހެދުމަށް ހެވީ ޑިއުޓީ ޕޮކެޓް ސްޕްރިން ބޭނުންކޮށްފައިވުމުގެ ސަބަބުން ގިނަ ދުވަސްތަކަކަށް އޭގެ ސްޓްރަކްޗާ ބަދަލުނުވެ ގެންގުޅެވޭނެ އެވެ.
މި ގޮދަޑީގެ އެކި ސައިޒްތައް ލިބޭނެކަމަށް ހައި އެންޑް ފަރުނީޗަރުން ލިބޭނެ އެވެ.
ރާއްޖޭގައި އަޕްހޯލްސްޓަޑް ފެބްރިކް އެނދު ވިއްކަމުން އަންނަ ހައިއެންޑް ފަރުނީޗަރުން ހައި އެންޑުން ޕްރީމިއަމް ކަލެކްޝަން އެނދާއި ހައި އެންޑް ލަގްޒަރީ ކަލެކްޝަންގެ އެނދާއި ހައި އެންޑް އެފޯޑަބަލް ރޭންޖްގެ އެނދުތައް ލިބޭނެ އެވެ.
އަދި ތަފާތު ޑިޒައިންތަކުގެ މޫނުބަލާ ލޯނގަޑު ވެސް "ހައި އެންޑް ފަރުނީޗާ" ފިހާރައިން ލިބޭނެ އެވެ.