ޑްރެޖަރާއި ބަހަށް އެމްޓީސީސީން މުވައްޒަފުން ތަމްރީންކުރަނީ
ޑްރެޖަރާއި ބަހަށް އެމްޓީސީސީން މުވައްޒަފުން ތަމްރީންކުރަނީ

އެމްޓީސީސީގެ ޑްރެޖަރުގެ ވަޒީފާތަކަށާއި ބަސް ޑްރައިވަރުން ތަމްރީނު ކުރުމަށް ހާއްސަ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

ޑްރެޖަރާއި ބަހަށް އެމްޓީސީސީން މުވައްޒަފުން ތަމްރީންކުރަނީ
ޑްރެޖަރާއި ބަހަށް އެމްޓީސީސީން މުވައްޒަފުން ތަމްރީންކުރަނީ

"ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ގެ ކެމްޕެއިން އިފްތިތާހު ކުރުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި ކެމްޕެއިނުގެ މަގުސަދަކީ ކޮންސްޓްރަކްޝަނާއި ޑްރެޖިން ޑިވިޝަންގެ ޑްރެޖުތަކާއި އެ ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުން ކަމަށެވެ.

ޑްރެޖަރާއި ބަހަށް އެމްޓީސީސީން މުވައްޒަފުން ތަމްރީންކުރަނީ
ޑްރެޖަރާއި ބަހަށް އެމްޓީސީސީން މުވައްޒަފުން ތަމްރީންކުރަނީ

އަދި އެ ކުންފުނިން މި އަހަރުގެ ޖޫން މަހު ގެންނަ 34 ބަސް ދުއްވާނެ މީހުން ރެކްރޫޓު ކުރުމަކީ ވެސް ބޭނުމެއް ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީން ފަށާ މި ކެމްޕެއިން ކުރިއަށް ގެންދާނީ އަންނަ މަހު 3-22 އަށެވެ.

މި ކެމްއިނުގައި 65 މީހަކު ތަމްރީނު ކުރާނެ އެވެ. ޑްރެޖް މާސްޓަރު، ޑްރެޖް އޮޕަރޭޓަރު، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރު، ޓަގް ކްރޫ، ވެލަޑަރުން އަދި ޑްރެޖް ސުޕަވައިޒަރުން ތަމްރީނު ކުރާނެ އެވެ.

ތަމްރީން ޕްރޮގްރާމްތައް ނިންމާ މީހުންނަށް 10،000ރ. އާއި 33،000ރ. އާ ދެމެދުގެ މުސާރައެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ބަސް ދުއްވަން ނޭނގޭ މީހުންނަށް ހުނަވަރު ޕްރޮގްރާމްގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނަކަށް ފަހު ލައިސަންސް ދޭނެ ކަމަށާއި 22 ބަސް ޑްރައިވުން ތަމްރީނު ކުރާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޖޫން މަހު ގެންނަން ހަމަޖެހިފައިވާ 34 ބަސްތައް ދުއްވަން ހަމަޖެހިފައި ވަނީ ސ. ފޭދޫ، ސ. ހުޅުމީދޫ، ފުވައްމުލައް، ލ. ގަން އަދި ލ. އިސްދޫގަ އެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ފުވައްމުލަށް، ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު، އަދި ޅ. ނައިފަރުގައެވެ.

މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑީއާއިން ލިބޭނެ އެވެ.