ފެލިވަރު ބަނދަރުގައި ރިވެޓްމަންޓް ޖަހަން ފަށައިފި
ފެލިވަރު ބަނދަރުގައި ރިވެޓްމަންޓް ޖަހަން ފަށައިފި

ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި، 229,663 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މިއީ މި މަޝްރޫއަކީ 113 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

ފެލިވަރުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ތެރޭގަ އެވެ. ރާއްޖޭގެ އެންމެ ބޮޑު މަސް ފެކްޓަރީ ހުންނަ ފެލިވަރުގެ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަކީ މަސްވެރިންގެ ވެސް ވަރަށް ބޮޑު އުންމީދެކެވެ.