ޝާހުގެ ގޭގެ ނަންބޯޑު ހެދީ 500،000ރ. އަށް
ޝާހުގެ ގޭގެ ނަންބޯޑު ހެދީ 500،000ރ. އަށް

އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ބޮލީވުޑްގެ ސުޕަސްޓާރު، ޝާހްރުކް ޚާންގެ "މަންނަތު"ގެ ބޭރުގައި މިފަހުން ހަރުކުރި ނަންބޯޑުގެ އަގަކީ 25 ލައްކަ ރުޕީސް ނުވަތަ ގާތްގަނޑަކަށް 500،000ރ. އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހުގެ ގޭގެ ނަންބޯޑު ހެދީ 500،000ރ. އަށް
ޝާހުގެ ގޭގެ ނަންބޯޑު ހެދީ 500،000ރ. އަށް

މަންނަތަކީ އިންޑިއާގެ އެންމެ އަގު ބޮޑު ގެތަކުގެ ލިސްޓުގައި ހިމެނޭ ގެއެކެވެ. އެކަމަކު މީގެ ކުރިން ގޭގެ ނަންބޯޑު އިނީ ވަރަށް އާދައިގެ ގޮތަކަށް ހަދައިފަ އެވެ.

މި ހަފުތާ ތެރޭގައި ސަޕޯޓަރުންގެ ސަމާލުކަމަށް އައީ ގޭގެ ނަންބޯޑު އާކޮށްލާފައި އިންދާ ފެނިގެންނެވެ. އެ ގޭ ކައިރީގައި ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި އާންމުކުރަމުން އައީ މިހާތަނަށް އެ ނަން ބޯޑަށް އައި ބަދަލުތަކާ އެކުގަ އެވެ.

ކުރިން އެ ގޭގެ ނަން ޖަހާފައި އިނީ ލަކުނޑި ބޯޑެއްގަ އެވެ. "މަންނަތު، ލޭންޑްސް އެންޑް" އެވެ. އެންމެ ފަހުން ގެނައި ބަދަލުގައި ފެންނަނީ ބޮޑު ނަންބޯޑެއްގެ ބަދަލުގައި ވަރަށް ހިމަ ދިގުކޮށް އެ ނަން ޖަހާފައިވާ އާ ބޯޑެކެވެ.

ބޮލީވުޑް ލައިފުން ރިޕޯޓްކުރި ގޮތުގައި މިފަހަރުގެ ނަންބޯޑު ޑިޒައިންކޮށްފައި ވަނީ ޝާހުގެ އިރުޝާދާ އެކު އޭނާގެ އަނބިމީހާ އަދި މަޝްހޫރު އިންޓީރިއާ ޑިޒައިނަރު ގޯރީ ޚާނެވެ. އެ ބޯޑުގެ އަގު 20-25 ލައްކަ ރުޕީސް އަށް އަރާނެ ކަމަށް ބުނެ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ 504,235 އެވެ.

"މަންނަތު" ގެ އިންޓީރިއާ ޑިޒައިނަރަކީ ވެސް ގޯރީ އެވެ. ދޭތެރެއަކުން ގޯރީ ހިއްސާކުރާ ފޮޓޯތަކާ އެކު ގޭގެ އެތެރޭގެ ބައެއް މަންޒަރުތައް ވެސް ފެނެ އެވެެ. ސަޕޯޓަރުން ތިބެނީ އެ ގޭގެ އެތެރޭގެ ފޮޓޯއެއް ވެސް ދޫކޮށް ނުލައިގެންނެވެ.

ޝާހުގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އޭނާގެ އަމިއްލަ އޮފީސް ވެސް ހުންނަނީ "މަންނަތު" ގަ އެވެ. އެ ގެ އަކީ ޒަމާނީ ހުރިހާ ވަސީލަތްތަކާ އެކު ބިނާކޮށްފައިވާ ގެއެކެވެ.

ގަނޑުވަރެއްގެ ދަރަޖަ ވެސް ލިބޭ ޝާހުގެ ގެއަކީ މުމްބާއީ އަށް ޒިޔާރަތްކުރާ ވަރަށް ގިނަ ފަތުރުވެރިންގެ ސަމާލުކަން ވެސް ލިބޭ ތަނެކެވެ.