މުއިއްޒުގެ ސައިކަލު ވަގަށް ނަގަން އުޅެނިކޮށް އަތުލައިގެންފި
މުއިއްޒުގެ ސައިކަލު ވަގަށް ނަގަން އުޅެނިކޮށް އަތުލައިގެންފި

މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ ސައިކަލު ވަގަށް ނަގަން އުޅުނު މީހަކު ފުލުހުން އަތުލައިގަނެ، ހައްޔަރުކޮށްފި އެވެ.

މުއިއްޒުގެ ސައިކަލު ވަގަށް ނަގަން މީހަކު އުޅުނީ އޭނާގެ ގެ މ. ދިމްޔާތު ގޭގެ ގަރާޖުގައި ސައިކަލު ބަހައްޓާފައި ހުއްޓަ އެވެ.

ފުލުހުންނަށް އެ މަންޒަރު ފެނިގެން ހުއްޓުވީ އެ ގޭގެ ގަރާޖުން ސައިކަލު ދަމާފައި ނެރެނިކޮށް ކަމަށާއި އެއީ މުއިއްޒުގެ ސައިކަލު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްދީފަ އެވެ.