މައްސަލަ ބަލަން ފެށުމުން އެޗްއާރުސީއެމްގެ އެސްޖީގެ މަގާމުން ޔާމީން އިސްތިއުފާ ދެއްވައިފި
މައްސަލަ ބަލަން ފެށުމުން އެޗްއާރުސީއެމްގެ އެސްޖީގެ މަގާމުން ޔާމީން އިސްތިއުފާ ދެއްވައިފި

ސުލޫކީ މައްސަލައެއް ބަލަން ފެށުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ޔާމީން އިސްތިއުފާ ދެއްވައިފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އިދާރީ ގޮތުން ކޮމިޝަން ހިންގުމުގެ އިސްވެރިިޔާގެ މަގާމުން ވަކިވުމަށް އެދި ޔާމީން ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.

ޔާމީންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފުސީލެއް އެޗްއާރުސީއެމުން އަދި ނުދެ އެވެ.

ޔާމީން "މިހާރު" އަށް ވިދާޅުވީ އިސްތިއުފާ ދެއްވުމާއި ސުލޫކީ މައްސަލައަކާ ގުޅުމެއް ނެތް ކަމަށެވެ.

އޭނާ ވަނީ ދެ އަހަަރާ ބައި ވަންދެން އެޗްއާރުސީއެމްގެ އެސްޖީކަން ކުރައްވައިފަ އެވެ.