އޮކްސްފޯޑްގެ އެންމެ ގިނަ ދުވަސްވީ ސިނަމާގެ ހިއްސާ އާންމުންނަށް ވިއްކަނީ
އޮކްސްފޯޑްގެ އެންމެ ގިނަ ދުވަސްވީ ސިނަމާގެ ހިއްސާ އާންމުންނަށް ވިއްކަނީ

އިންގްލޭންޑްގެ ސިޓީއެއް ކަމަށްވާ އޮކްސްފޯޑްގައި ހުންނަ އެންމެ ގިނަ ދުވަސްވީ ސިނަމާގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމައިފި އެވެ.

އޮކްސްފޯޑްގެ އެންމެ ގިނަ ދުވަސްވީ ސިނަމާގެ ހިއްސާ އާންމުންނަށް ވިއްކަނީ
އޮކްސްފޯޑްގެ އެންމެ ގިނަ ދުވަސްވީ ސިނަމާގެ ހިއްސާ އާންމުންނަށް ވިއްކަނީ

އޮކްސްފޯޑްގައި 1911 ވަނަ އަހަރު ހުޅުވި "ދަ އަލްޓިމޭޓް ޕިކްޗާ ޕެލެސް" އަކީ މިހާރު އެ ސިޓީގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހަމައެކަނި ސިނަމާ އެވެ. ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާތަކުގެ ލިސްޓުގައި ވެސް އެތަން ހިމެނެ އެވެ. އެތަނުގައި ވެރިޔާ ވަނީ 2018 ވަނަ އަހަރު މަރުވެފަ އެވެ.

މި މަހު 29 އިން ފެށިގެން އެ ސިނަމާގެ 312،000 ހިއްސާ އާންމުންނަށް ވިއްކަން ފަަށާނެ އެވެ.

އެ ސިނަމާގެ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު މައިކެލަ ޓަކްވެލް ވިދާޅުވި ގޮތުގައި، މިދިޔަ 111 އަހަރުގެ ތެރޭގައި އެތަން ހިންގަން އެންމެ ދަތިވި ވަގުތަކީ މިއީ ކަމަށެވެ. އެތަނަށް މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު ވެސް އެހީތެރިކަން ލިބެނީ އެ ސިނަމާ އަށް ފިލްމު ބަލަން ދާ އަންމުންގެ ފަރާތުން ކަމަށާއި އާންމުންނަށް ހިއްސާ ވިއްކަން ނިންމެވީ އެހެންވެ ކަމަށެވެ.

"އޯޕަން މާކެޓެއްގައި [ހިއްސާ] ވިއްކައިފިއްޔާ ނޭނގޭ އެތަނަށް ވާނެ ގޮތެއް. އެތަނުގެ މުސްތަގުބަލު ސަލަމާތްކުރެވޭނެ ގޮތަށް ނިންމި ނިންމުމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

އެ ސިނަމާގެ ހިއްސާ ގަންނަން ބޭނުންވާ ކޮންމެ މީހަކު ވެސް މަދުވެގެން 50 ހިއްސާ ގަންނަން ޖެހޭނެ އެވެ. ހިއްސާއެއް ވިއްކަނީ އެއް ޕައުންޑަށެވެ. އެކަމަކު އުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން، އޮކްސްފޯޑުގެ ވަކި ޕޯސްޓްކޯޑެއް ބޭނުންކުރާ މީހުންނަށް މަދުވެގެން 30 ހިއްސާ ގަނެވޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.