ސިދާތާއި ކިއާރާ ރުޅިވެއްޖެ
ސިދާތާއި ކިއާރާ ރުޅިވެއްޖެ

ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ އާއި އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ރުޅިވެއްޖެ އެވެ.

ކިއާރާ އާއި ސިދާތު ރައްޓެހިވީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. އޭރުން ފެށިގެން މިފަހަކާ ޖެހެންދެން ވެސް އެ ޖޯޑު އުޅުނީ ވަރަށް ލޯބިންނެވެ. ދޭތެރެއަކުން ދެ ތަރިން އެކުގައި ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން ވެސް އައިސްފައިވެ އެވެ.

ރައްޓެހިވެގެން އުޅޭ ކަމަށް އެ ދެ ތަރިން އެއްބަސްނުވިޔަސް، މިހާތަނަށް ދުވަހަކު ވެސް އެކަމަށް ދެކޮޅު ހަދާފައެއް ވެސް ނުވެ އެވެ. އެކަމަކު މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެތަރިން ވަނީ ވަކިވެފަ އެވެ. ކުއްލިއަކަށް ސިދާތާއި ކިއާރާ ރުޅިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެކަމަކު އެމީހުންގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ދެ ތަރިން އެކަކު އަނެކާ ބައްދަލެއް ވެސް ނުކުރެ އެވެ. އެމީހުންގެ މެދުގައި ޖެހުނު މައްސަލައެއް ނޭނގޭ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

ސިދާތާއި ކިއާރާ ވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޝޭރްޝާހް" އިން ވެސް ފެނިފަ އެވެ. އެއީ އެ ދެ ތަރިން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ފިލްމުގައި ވެސް ދެ މީހުންގެ ކެމިސްޓްރީ އެހާ ދިމާވާތީ ސަޕޯޓަރުންނަށް ސިދާތާއި ކިއާރާގެ ޖޯޑު ވަރަށް ބޮޑަށް ކަމުދިޔަ އެވެ.

އެކަމާ ގުޅޭ ގޮތުން ކިއާރާ އަދި ސިދާތު ވެސް ވަކި އެއްޗެއް އަދި ނުބުނެ އެވެ.