މި އަހަރުގެ މެޓް ގާލާ އަށް ވެސް ޒެންޑާޔާ ނުދާނެ
މި އަހަރުގެ މެޓް ގާލާ އަށް ވެސް ޒެންޑާޔާ ނުދާނެ

ފެޝަންގެ އޮސްކާގެ ގޮތުގައި ސިފަކުރާ މެޓް ގާލާގެ "ޕްރިންސަސް" ޒެންޑާޔާ މި އަހަރުގެ އިވެންޓުގައި ވެސް ބައިވެރިނުވާނެ ކަމަށް އޭނާ ބުނެފި އެވެ.

މި އަހަރުގެ މެޓް ގާލާ އަށް ވެސް ޒެންޑާޔާ ނުދާނެ
މި އަހަރުގެ މެޓް ގާލާ އަށް ވެސް ޒެންޑާޔާ ނުދާނެ

އެކި ފާޑުގެ ހެދުންތަކާ އެކު އޭ-ލިސްޓެޑް ތަރިން ފެންނަ މެޓް ގާލާ އަކީ ހޮލީވުޑަށް ވަރަށް ބޮޑު އިވެންޓެކެވެ. ވޯގް މެގަޒިން އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މެޓް ގާލާ އަކީ ކޮންމެ އަހަރަކު ތަފާތު ތީމްތަކުގެ ޑިޒައިން ހެދުންތައް ދައްކާލާ އިވެންޓެކެވެ.

މި އަހަރުގެ މެޓް ގާލާ އަށް ވެސް ޒެންޑާޔާ ނުދާނެ
މި އަހަރުގެ މެޓް ގާލާ އަށް ވެސް ޒެންޑާޔާ ނުދާނެ

މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޒެންޑާޔާ އަކީ މެޓް ގާލާގެ ކޮންމެ އަހަރެއްގެ އިވެންޓުގައި ވެސް މިފަހުން އެންމެ ވަރުގަދަ ލުކްތައް ދައްކާލާ އެކަކެވެ. ނަމަވެސް، މި އަހަރުގެ އިވެންޓުގައި ބައިވެރިނުވާން އޭނާ ވަނީ ނިންމައިފަ އެވެ.

މިއީ އޭނާ މެޓް ގާލާގައި ޖެހިޖެހިގެން ބައިވެރި ނުވާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މެޓް ގާލާ އިން ވެސް ޒެންޑާޔާ ނުފެނުމުން، އެ އިވެންޓް ވަރަށް ފަޅު ކަމަށް ބުނެ އެތައް ބަޔަކު އެ ވާހަކަދެއްކި އެވެ.

މި އަހަރުގެ އިވެންޓުގައި ބައިވެރިނުވާން އޭނާ ނިންމީ ކުރިއަށް ރާވާފައިވާ ގިނަ ޕްރޮޖެކްޓުތަކެއްގައި މަސައްކަތް ކުރަމުން އަންނާތީ، އެކަމަށް ވަގުތު ދެވެން ނެތުމުން ކަމަށް ބުންޏެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ އިވެންޓުން ފެންނާނެ ކަމަށް ބުންޏެވެ.

މިއަ ހަރުގެ މެޓް ގާލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެ އިވެންޓުގައި މިފަހަރު ފެންނާނީ އިނގިރޭސި ރީޖެންސީ ދުވަސްވަރުގެ ތީމަށް ހަދާފައިވާ ހެދުންތަކެވެ.