21 އެޕްރީލް 2022 - 07:59

ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ހޮލީވުޑް ފިލްމު "އިޓްސް އޯލް ކަމިން ބެކް ޓު މީ" ގެ ފަސްޓް ލުކް ދައްކާލައިފި އެވެ.

ޕްރިޔަންކާއާ އެކު އެ ފިލްމުގައި ފެންނާނީ އެކްޓަރު ސެލީން ޑިއޮނާއި ސޭމް ހިއުއެން އެވެ.
އެ ފިލްމުގެ ފަސްޓް ލުކް އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ޕްރިޔަންކާ ހިއްސާކުރީ އެ ފިލްމު އިއުލާންކުރި ޚަބަރެއްގެ ސްކްރީންޝޮޓާ އެކު އެވެ.
ޖޭމްސް ސްޓްރައުސް ޑައިރެކްޓްކުރާ އެ ފިލްމުގެ ފަސްޓް ލުކް އިން ފެންނަނީ ޕްރިޔަންކާ އާއި ސޭމްގެ މަންޒަރެކެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނުނީ ހޮލީވުޑްގެ ފިލްމު "މެޓްރިކްސް 4" އިންނެވެ.
ބޮލީވުޑްގެ މަސައްކަތްތަކަށް ޕްރިޔަންކާ އެނބުރި އަންނަ ފިލްމަކީ "ޖީލޭ ޒަރާ" އެވެ. އެ ފިލްމަކީ ފަރްހާން އަކްތަރާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ވެސް ފެންނާނެ ފިލްމެކެވެ.