20 އެޕްރީލް 2022 - 11:12

ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާ ރަމަޒާން ބެޑްމިންޓަން ސީރީޒްގެ ބިދޭސީންގެ މުބާރާތުގެ ފައިނަލަށް ޓީމު ސްމޭޝް އާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ (އިސްބާ) ދަތުރު ކޮށްފި އެވެ.

ފަސް ޓީމު ބައިވެރިވި މުބާރާތުގައި ފައިނަލަށް ސްމޭޝް ދަތުރު ކުރީ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރި އެވެ. ޓީމު ސްމޭޝްއިން އެއްވަނަ ހޯދީ 46 ޕޮއިންޓާއެކު އެވެ. 11 ޕޮއިންޓް ފަރަގަކާ އެކު އިސްބާ ދެވަނައިގައި އޮތީ 35 ޕޮއިންޓާއެކު އެވެ.
ފައިނަލްގެ ދެވަނަ ޖާގަ އިސްބާއިން ހޯދީ ރޭ ފްލައިން ޝަޓްލް އޭ ބަލި ކުރުމަށް ފަހު އެވެ. އިސްބާއިން ޓައި ކާމިޔާބު ކުރީ 5-2 މެޗުންނެވެ.
ފުރަތަމަ މެޗުގައި ޝަޓްލް ދެ ގޭމް ކާމިޔާބު ކުރީ 15-7 އަދި 15-12 ންނެވެ. އެވެ. ދެވަނަ މެޗު އިސްބާއިން ކާމިޔާބު ކުރީ ފަހަތުން އަރައެވެ. ފުރަތަމަ ގޭޟް ޝަޓްލް އޭ، ގޭމް ކާމިޔާބު ކުރީ 15-10، ންނެވެ. އަނެއް ދެ ގޭމް އިސްބާއިން ކާމިޔާބު ކުރީ 15-7 އަދި 15-8 ންނެވެ. ތިންވަނަ މެޗު އިސްބާއިން ކާމިޔާބު ކުރީ 15-9 އަދި 15-8 ންނެވެ. މިކްސް ޑަބަލްސް މެޗު އިސްބާއިން ކާމިޔާބު ކުރީ 15-5 އަދި 15-3 ންނެވެ. ފަސްވަނަ މެޗު އިސްބާއިން ކާމިޔާބު ކުރީ 15-13 އަދި 15-9 ންނެވެ. ޝަޓްލް އޭއިން ކާމިޔާބު ކުރި އަނެއް އަނެއް މެޗަކީ ހަ ވަނަ ގޭމެވެ. އެމެޗުގެ ގޭމްތައް އެޓީމުން ގެންދިޔައީ 15-9 އަދި 15-12 އިްނނެވެ. ފަހު ސެޓް އިސްބާއިން ކާމިޔާބު ކުރީ 15-4 އަދި 15-14 އިންނެވެ.
ޓީމު ސްމޭޝް ފައިނަލުގެ ޖާގަ ހޯދީ ޓީމު ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އެޓީމުން ފުރަތަމަ މެޗު ކާމިޔާބު ކުރީ 15-13 އަދި 15-6 ންނެވެ. ދެވަނަ މެޗު ކާމިޔާބު ކުރީ 15-4 އަދި 15-2 ންނެވެ. ތިންވަނަ މެޗު ކާމިޔާބު ކުރީ 15-8 އަދި 15-10 ންނެވެ. ހަތަރުވަނަ މެަޗަކީ މިކްސް ޑަބަލްސް އެވެ. އެމެޗު ކާމިޔާބު ކުރީ 15-7 އަދި 15-8 އެވެ. ފަސްވަނަ މެޗު ކާމިޔާބު ކުރީ 15-7 އަދި 15-8 ންނެވެ. ހަވަނަ މެޗުގައި 15-12 އަދި 15-8 އެވެ. ފަހު ގޭމްގެ ނަތީޖާ އަކީ 15-8 އަދި 159 އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ވިސާ ފުރިހަމަކޮށްފައިވާ ބިދޭސީންގެ ތެރެއިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ބެޑްމިންޓަން އެސޯސިއޭޝަންގައި ރަޖިސްޓްރީކޮށްފައި މެންބަރުންނަށެވެ. އެއީ ބެޑްމިންޓަން ހޯލަށް ކުޅެންދާ ބިދޭސީންގެ ތެރެއިންނެވެ.
މުބާރާތުގެ ފައިނަލް މިރޭ އޮންނާނެ އެވެ. ރަމަޒާން ސީރީޒްގެ ފުރަތަމަ މުބާރާތް ހާއްސަކުރީ އިންޑޯ ބެޑްމިންޓަން ހޯލަށް ކުޅެންދާ ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މެންބަރުންނެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ޓީމު ޔެލޯ ހޯދީ ބްލެކް ބަލި ކުރުމަށްފަހު އވެ.