މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

މަޖީދިއްޔާ ސްކޫލުގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ބޮޑެތި ކާމިޔާބީތަކެއް ލިބިގަތުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު އެދިވަޑައިގެންފި އެވެ.

މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި
މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

އެ ސްކޫލުގެ 95 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެހެން އެއްވެސް ސްކޫލަކަށް ނުލިބޭ ފަހުރަކާއި ޝަރަފެއް މަޖީދިއްޔާއަށް ލިބިފައިވާ ކަމަށެވެ.

މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި
މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

އެހެންވެ، ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލުގެ އެ ފަހުރު ދަމަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި
މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލެއްގެ އުމުރުން 95 އަހަރަކީ ވަރަށް ދިގު މުއްދަތެކެވެ. އެ ހިޔާވަހިކަމުގެ ދަށުން ތިން ޖީލުގެ ދަރިވަރުން ތައުލީމު ހާސިލްކޮށްފައިވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި
މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

ސްކޫލެއްގެ އަހަރީ ދުވަސް ފާހަގަކުރަނީ އެ ތަނެއްގައި ހިދުމަތުގައި ތިބި މުވައްޒަފުންނާއި ދަރިވަރުންގެ އަގުވަޒަން ކުރުމަށް ކަމަށާއި އަދި މިއީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް، މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ތަޖުރިބާއިން އިބުރަތް ހާސިލްކުރަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ދަރިވަރުންނަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި
މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

އޭނާ ވިދާޅުވީ މަޖީދިއްޔާގެ ކުރީގެ ދަރިވަރުންގެ ދިރިއުޅުމުން އިބުރަތް ހާސިލްކުރަންވި އެއް ސަބަބަކީ މިހާރު ދިރިއުޅުމުގައި އެންމެ ކާމިޔާބުވާނީ ކުރީގައި އެންމެ ހަރަކާތްތެރިކޮށް އުޅުނު ދަރިވަރުންނަށް ވާތީ އެވެ.

މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި
މަޖީދިއްޔާގެ ފަހުރުވެރި މާޒީން އިބުރަތް ހާސިލްކޮށް ކާމިޔާބު ހޯދުމަށް މިނިސްޓަރު އެދިވަޑައިގެންފި

"ތި ކުދިން ވާންވާނީ ސްކޫލުގެ މޮޓޯކަމުގައިވާ ހިންމަތާއެކު މަސައްކަތްކުރާ މީހަކަށް އުނދަގޫކަމެއް ނެތޭ. މި އިބާރާތުން ހިތްވަރު ނެރެ، ކެރުމާއި ސާބިތުކަމާއެކު މަސައްކަތްކުރާ ކުދިންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ވޭތުވެދިޔަ 95 އަހަރުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުންގެ ލިސްޓު ވަރަށް ދިގު ކަމަށާއި އެ ލިސްޓުގައި މޮޅެތި ޑޮކްޓަރުންނާއި އިންޖީނިއަރުންނާއި ޕައިލެޓުންނާއި އެކި ހިދުމަތުގައި ތިއްބެވި ބޭފުޅުން ހުރި ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު އަމީން ފިޔަވައި ބާކީ ތިއްބެވި ބޭފުޅުންނަކީ ވެސް މަޖީދިއްޔާއިން ތައުލީމް ހާސިލްކުރެއްވި ބޭފުޅުން ކަމަށެވެ. އެއީ ވެސް އެހެން އެއްވެސް ސްކޫލަކަށް ނުލިބޭނެ ޝަރަފަކާއި ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.