އައިކެއާ ރޯދަ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްތަކެއް
އައިކެއާ ރޯދަ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްތަކެއް

އައިކެއާ އޮޕްޓިކަލްސްއިން ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރޯދަ ސޭލްގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި އައިކެއާ އޮޕްޓިކަލްސް އިން ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ ތެރެއިން ވެސް ހާއްސަ ބްރޭންޑުތަކަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން އައިކެއާގެ ހުރިހާ ފިހާރައަކުން ވެސް ޑިސްކައުންޓް އަގުތަކުގައި ތަކެތި ގަނެވޭނެ އެވެ.

އައިކެއާ އޮޕްޓިކަލްސް އަކީ ލޮލާއި ގުޅުންހުރި ހުރިހާ ހިދުމަތެއް އެއްތަނުން ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކުންފުންޏެވެ.

މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައިނާއި ކޮންޓެކްޓް ލެންސާއި ލޮލުގެ އެގްޒަމިނޭޝަން ހެދުމާއި ކޯޕޮރޭޓް އައި ސްކްރީނިން ޕްރޮގްރާމް ހިންގުމާއި ލޮލުގެ ފަރުވާއަށް ބޭނުންވާ ސާޖަރީ ހެދުމުގެ ހިދުމަތް ވެސް އައިކެއައިން އަންނަނީ ފޯރުކޮށްދެމުންނެވެ.