19 އެޕްރީލް 2022 - 14:36

އެމެރިކާގެ ބޮސްޓަން މެރަތަންގައި އިއްޔެ ރާއްޖޭގެ މުހައްމަދު މިސްތޯހް (މިސްތޮ) އާއި އަބްދުﷲ ހަލީލް (އައްބެ) ވާދަކޮށްފި އެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި މެރަތަންގައި ދުވި އެންމެ ފުރަތަމަ ދުވުންތެރިންނަކީ ރާއްޖޭގެ މިސްތޮ އާއި އައްބެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފަސް މެރަތަންގެ ތެރޭގައި ހިމޭނޭ ބޮސްޓަން މެރަތަންގައި ވާދަކޮށް މިސްތޮ ރޭސް ނިންމީ 03:24:53 (ތިން ގަޑިއިރާއި 24 މިނެޓް 53 ސިކުންތުން) އިންނެވެ. ހަލީލް ރޭސް ނިންމީ 05:32:57 ންނެވެ.
ޓީއެފްޖީގެ އެއް ހިސާދާރު މިސްތޮ ވަނީ މީގެ ކުރިން ވެސް ގިނަ މެރަތަން ރޭސްތަކުގައި ދުވެފަ އެވެ. އޭނާގެ ގާތް އެކުވެރިޔާ އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކެރެޓްރީ ޖެނަރަލް އަހްމަދު މަރުޒޫގް ވިދާޅުވެފައި ވަނީ ބޮސްޓަން މެރަތަން އަށް ކޮލިފައިވެ އެރމެރަތަންގައި ވާދަކުރުމުގެ ވާހަކަތައް ފަސް އަހަރު ކުރިން ވެސް މިސްތޮ ދައްކަމުން ދިޔަ ކަމަށެވެ.
"މިއަދު އޭނާ އެކަން އެހާސިލު ކުރީ،" މަރުޒޫގް ވިދާލުވި އެވެ.
މެރަތަން ރަނާސްގައި ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ގެ ކޯޗުކަމުގެ ދަށުން މީގެ ކުރިން މެރަތަން ޓްރޭނިން ހެދި އައްބެ އަކީ ދުނިޔޭގެ މޭޖާ މެރަތަންގައި އެންމެ ގިނައިން ވާދަކުރި ރާއްޖޭގެ އެއް ދުވުންތެރިޔާ އެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ ޓޮކިޔޯ، ލަންޑަން، ބާލިން އަދި ނިއުޔޯކު މެރަތަންގައި ވާދަކޮށްފަ އެވެ. އޭނާ ބުނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ޝިކާގޯގެ މެރތަންގައި ވާދަ ކުރުމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.
ޝިކާގޯ މެރތަން ފުރިހަމަ ކުރުމުން، ދުނިޔޭގެ މޭޖާ ހުރިހާ މެރަތަންއެއްގައި އޭނާ އަށް ދުވުމުގެ ޝަރަފު ލިބޭނެ އެވެ. މިހާތަނަށް ނުވަ މެރަތްނަގައި އޭނާ ވަނީ ވާދަކޮށްފަ އެވެ. އޭނާ ފުރިހަމަ ކުރި ބޮސްޓަންގެ މަރތަންގެ މެޑަލް އޭނާ ހަދިޔާ ކުރަނީ ކިޑްނީ ބަލި ތަހައްމަލު ކުރަމުން އަންނަ އޭނާގެ ކޮއްކޮ އަށެވެ.