ކްލަބް ފުޓުބޯޅައިގެ ބޮޑު މެޗު މިރޭ ދިރާގު ޓީވީގެ ނިއޯ ޗެނަލުން
ކްލަބް ފުޓުބޯޅައިގެ ބޮޑު މެޗު މިރޭ ދިރާގު ޓީވީގެ ނިއޯ ޗެނަލުން

ދުނިޔޭގެ ކްލަބް ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ކުރިމަތިލުން، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު މިރޭ ދިރާގު ޓީވީގެ "ނިއޯ ޓީވީން" (ޗެނަލް 6) ވަގުތުން ދައްކާނެ އެވެ.

ކްލަބް ފުޓުބޯޅައިގެ ބޮޑު މެޗު މިރޭ ދިރާގު ޓީވީގެ ނިއޯ ޗެނަލުން
ކްލަބް ފުޓުބޯޅައިގެ ބޮޑު މެޗު މިރޭ ދިރާގު ޓީވީގެ ނިއޯ ޗެނަލުން

ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ފަށާ މެޗަކީ ލިވަޕޫލަށް މުހިންމު މެޗެކެވެ. ލީގު ޗެމްޕިއަންކަމަށް ވާދަކުރާ އެ ޓީމަށް މިރޭގެ މެޗު ކާމިޔާބުކޮށްގެން ލީގު ހޯދުމުގެ ރޭހުގައި އިތުރު ފިޔަވަޅެއް ކުރިއަށް އެޅޭނެ އެވެ. މެޗު އެއްވަރުކޮށްލިޔަސް އެޓީމަށް އެއްވަނަ މަގާމު ލިބޭނެ އެވެ.

މި ސީޒަންގައި ލިވަޕޫލުން ވަނީ ޔުނައިޓެޑް 5-0 އިން އޯލްޑް ޓްރަފޯޑްގައި ބަލިކޮށްފަ އެވެ. ޔުނައިޓެޑަށް މެޗުން މޮޅުވެވިއްޖެ ނަމަ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދުމާ ކައިރިއަށް އެ ޓީމަށް ޖެހިލެވޭނެ އެވެ.

ދިރާގު ޓީވީގެ ހިދުމަތަށް އެދުމުން، ހިލޭ ކަނެކްޝަން އަދި ޖޯއީ ބޮކްސް ލިބޭ ޕްރަމޯޝަނެއް މިހާރު ކުރިއަށް ދެ އެވެ. މި ޕްރަމޯޝަންގެ ދަށުން ފުރަތަމަ މަހުގެ ފީން 50 ޕަސެންޓް ޑިސްކައުންޓް ވެސް ދިނުމަށް ދިރާގުން ވަނީ ނިންމައިފަ އެވެ. މި ޕްރަމޯޝަން ކުރިއަށް ގެންދާނީ މި މަހު 30 ނިޔަލަށެވެ.

ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން، މި ދެ ޓީމުގެ ކުރިމަތިލުން ސިފަކޮށްފައި ވަނީ "ބްރިޓިޝް އެލް ކްލެސިކޯ" ގެ ގޮތުގައ އެވެ. މަޝްހޫރު ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުންތަކާ އެއްވަރުގެ ބޮޑު ވާދަވެރި ކަމެއް ލިވަޕޫލާއި ޔުނައިޓެޑްގެ މެޗުތަކުގައި ވެސް ފެނެ އެވެ.

މިރޭގެ މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައި ވަނީ ޔުނައިޓެޑް އަތުން ޕޮއިންޓް ހޯދުމަށް ލިވަޕޫލްގެ ކުޅުންތެރިން ދަހިވެތި ވާން ޖެހޭނެ ކަމަށެވެ. ޔުނައިޓެޑުގެ ކޯޗު ރާފް ރަންގްނިކް ބުނީ ލިވަޕޫލް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ އިރު ބެލެންސް ސްޓައިލެއްގައި ކުޅެން ޔުނައިޓެޑުން އިސްކަން ދޭން ޖެހޭ ކަމަށެވެ.