ޝަފޫ އާއި އާޓްފޮށިން ވަރަށް ކަވި، ސަޅި ކަމެއް
ޝަފޫ އާއި އާޓްފޮށިން ވަރަށް ކަވި، ސަޅި ކަމެއް

ބައިވަރު އާޓިސްޓުން އެބަތިއްބެވެ. މައްސަލައަކީ ހަމަ އެންމެ މައްސަލައެކެވެ. މިފަދަ ހުނަރުވެރި އާޓިސްޓުންގެ މަސައްކަތް ބަލައިގަނެ އެ މީހުންނަށް ހިތްވަރު ދޭނެ ބައެއް ނެތުމެވެ. ނުވަތަ އެ ރަސްމީ ޕްލެޓްފޯމެވެ. "ކަވި ކްރާފްޓް ލޯކަލް" ގެ މިފަހަރުގެ އެޕިސޯޑްގައި އަޅުގަނޑުމެންގެ ހޮވުމަކީ އަނެއްކާވެސް ވަރަށް އާދަޔާހިލާފު ތަފާތު މަސައްކަތެއް ކުރާ އާޓިސްޓެކެވެ. ސްޓޭ އެޓް ހޯމް ދެ މަންމައިންގެ މަސައްކަތެއް ކަމުގައިވިޔަސް އެމީހުންގެ "އާޓްފޮށީ" ގެ ވާހަކަ މިފަހަރު މި ކިޔައި ދެނީ ފައުންޑާ ޝަފޫއެވެ.

ދިވެހިންގެ އާދަކާދަ އާއި އުޅުމާއި ވިސްނުމަށް ބަލާއިރު އަހަރެމެންގެ ތެރޭގައި އުފެދިފައި އޮތީ އާޓާއި އާޓިސްޓުން ވެލިއުނުކުރާ މުޖުތަމައެކޭ ބުނެވިދާނެއެވެ. ވަކިން ހާއްސަކޮށް ތިމާމެންނާ ނުވަތަ ތިމާމެންގެ ވިސްނުމާއި ފިކުރާއި ހޭލުންތެރިކަން ނުފޯރާ ހިސާބަކަށް ގޮސްފައިވާ އާޓިސްޓެއްގެ ހުނަރުވެރިކަން ބަލައިގަތުމަކީ މި މުޖުތަމައުގައި އެއްގޮތަކަށް ވެސް ފެންނަ ކަމެއް ނޫނެވެ. ދިވެހިންގެ ގިނަ މީހުންނަކީ އާޓާ ދެކޮޅު ބައެކޭ ބުނެވިދާނެއެވެ.

ނުވަތަ އާޓް ވެސް ބޭނުންވާ ބައެކޭ ބުނެވިދާނެއެވެ. ނަމަވެސް ހަމަ އެއްގޮތަކަށް ވެސް މިފަދަ ހުނަރުވެރި ޒުވާނެއްގެ އެ ބުރަ މަސައްކަތް އެގޮތުގައި އުފެއްދުމަށް އެކުރާ ހިތްވަރާއި ހޭދަކުރާ ވަގުތާއި އޮހޮރުވާ ދަލުގެ އަގުވަަޒަންކުރަން ބޭނުންނުވާ ބައެކޭ ބުނެވިދާނެއެވެ.

އެކަމަކު ވެސް މިފަހަރު މިއޮތީ ވަރަށް ތަފާތު ވާހަކައެކެވެ. އަހަރެމެން މި ސެގްމަންޓް މިހާ ކުރުކޮށް ލިޔުމުން ގެނެސްދެނީ މިއީ ވީޑިއޯ އަށް ހާއްސަ ސެގްމެންޓަކަށްވީމައެވެ. އެހެންވީމަ މި އޮތީ ޝަފޫ އާއި އާޓުފޮށީގެ ނަލަނަލަ ވާހަކައެވެ.

ބައިބައިއެވެ.