18 އެޕްރީލް 2022 - 12:46

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓުން ޔޫކްރެއިން އުނިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފަހުން ޔޫކްރެއިން ގަދަ ދިހައެއްގެ ލިސްޓުގައި އޮތީ މިދިޔަ މަހުގެ 16ގަ އެވެ. އޭގެ ފަހުން އެ ގައުމެއް އެ ލިސްޓުގައެެއް ނުހިމެނެ އެވެ. ކޮވިޑަށް ފަހު ޔޫކްރެއިން އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ އެއް ގައުމެވެ. އެހެންް ނަމަވެސް ރަޝިޔާ އިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމާ އެކު، ޔޫކްރެއިނުން ދަތުރުކުރާ މީހުންްގެ އަދަދު މަދުވީ އވެެ.
ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު ވެސް މަދުވެ، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ލިސްޓުގެ ތިން ވަނަ އަށް އެ ގައުމު މިހާރު ވަނީ ވެއްޓިފަ އެވެ. މިހާރު އެއްވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ރަޝިޔާ އަކީ ފަހަކަށް އައިސް ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އޮންނަ ގައުމެވެ.
އިނގިރޭސިވިލާތާއި ރަޝިޔާގެ އިތުރުންގެ އިތުރުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ، ޖަރުމަން، އިޓަލީ، އެމެރިކާ، ފްރާސް، ސްވިޒަލެންޑް، އޮސްޓްރީ އާއި ސައުދީ އަރަބިއްޔާ އެވެ.
ރާއްޖެއަށް މިހާރު ވަނީ ބައި މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 340،000 ޓޫރިސްޓުންނެވެ. އަދި ކޮވިޑްގެ ހާލަތުގެ ކުރިން، 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 550،000 ޓޫރިސްޓުން އައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫިރިސްޓުން ގެނައުމެވެ. މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައިވާ ގޮތުން ރާއްޖެ އަށް ގެންނަން ކަނޑައަޅާފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.