ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ
ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ

މިއީ މި ޒަމާނުގައި ވާނެ ކަމެއް ކަމަކަށް ގަބޫލުކުރަން އުނދަގުލެވެ. ނަމަވެސް މި ދެމަފިރިން މި ވަނީ ހަގީގީ ދިރިއުޅުމުގައި ވެސް މުޅި އުމުރު އެކަކު އަނެކަކަށްޓަކައި ހޭދަކުރުން އުފަލަކަށް ހަދާ މީހުން މިހާރު ވެސް އުޅޭކަން ސާބިތުކޮށްދީފަ އެވެ.

ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ
ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ

ޗައިނާގެ މި ދެމަފިރިންގެ ތެރެއިން ވަންގް ޑެއި އަށް މިހާރު 98 އަހަރެވެ. އަންހެނުން ކާހޯ ޔޫހުއާ އަށް 97 އަހަރެވެ.

ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ
ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ

ދެ މީހުން ކައިވެނިކުރީ މީގެ 70 އަހަރު ކުރިން، 1946 ގައި، ޗޮންކިންގައި އޮންނަ ނޯދަން ހޮޓް ސްޕްރިންގްސް ޕާކްގަ އެވެ. އެކުގައި ހޭދަކުރި 70 އަހަރުގެ ދިގު މުއްދަތުގައި ދެމަފިރިން ހިއްސާކުރި އުފާވެރި ކަންކަމުގެ ހަނދާންތައް ކައިވެނީގެ 70 ވަނަ އަހަރީ ދުވަހު އަލުން ވަނީ ދިރުވައިފަ އެވެ.

މި މުއްދަތުގައި އެ މީހުން ތަޖުރިބާކުރި، ދުށް ކަންކަން ގިނަ އެވެ. ހަނގުރާމަތަކާއި ގައުމުގެ ސިޔާސީ އެކި ލޮޅުންތަކެވެ. ތަފާތު ބަލިތަކާއި ދެރަވެ ހިތާމަކުރަން ޖެހުނު އެހެން ވެސް ކަންކަމެވެ. ދެމަފިރިން އެ ހުރިހާ ކަމެއް ވެސް ބަރުދާސްތުކުރި އެވެ.

ދެ މީހުންގެ ހަތަރު ދަރިންގެ މަސައްކަތް ރަނގަޅެވެ. މަންމަ އާއި ބައްޕަގެ ކައިވެނީގެ 70 ވަނަ އަހަރީ ދުވަހު ދައްކައިދޭން ބޭނުންވީ އެ މީހުންގެ ލޯބީގެ ދުވަސްތަކެވެ. އެއީ ކުރިން ނަގާފައި ހުރި ފޮޓޯތައް ހަމަ އެގޮތަށް އަލުން ނަގައިގެންނެވެ.

އެގޮތުން ފުރަތަމަ ފޮޓޯ އިން ދައްކައިދެނީ މަންމަ އާއި ބައްޕަ އަށް ލޯބި ވެވުނު ދުވަހެވެ.

"މަގޭ ބައްޕަ މަންމަ ކައިރީގައި ނަށާލަން އަންނާށޭ ބުނި. އެމީހުންގެ ހަތަރު ކަޅި ފުރަތަމަ ބައްދަލުވީ ވަގުތުން ފެށިގެން ލޯބިވެވުނު" އެންމެ ހަގު ފިރިހެން ދަރިފުޅު، ސީއެންއެންއާ ވާހަކަ ދައްކަމުން، ބުންޏެވެ.

ހަނގުރާމައިގެ ދުވަސްވަރު ދެމަފިރިން ވަކިވާން ވެސް ޖެހުނެވެ. ނަމަވެސް އެކަކު އަނެކަކަށް އޮތް ލޯތްބަކަށް ފަނޑުކަމެއް ނަ އެވެ.

"އަހަރެންގެ މައިންބަފައިންނަށް މިހާރު މިވީ 98 އަހަރު. މިހާރު އެމީހުންގެ ހަނދާނަކު ވެސް ނެތް ހަޔާތުގައި ދިމާވި ގިނަ ކަންތައްތަކެއް. ނަމަވެސް ހަނގުރާމައިގެ ދުވަސްވަރު ދެ މީހުން ވަކިވުމުން އެކަކު އަނެކަކަށް ލިޔުނު ލޯބީގެ ޅެންތައް މިހާރު ވެސް އެމީހުން ހަނދާން ހުރޭ. އަދި އެ ކިޔާ ވެސް އުޅޭ،" ހަގު ދަރިފުޅު ބުންޏެވެ.
ދެމަފިރިން ބުނީ ދެ މީހުންނަށް 100 އަހަރު ވުމުން ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށެވެ.