ދިރާގުޓީވީ "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
ދިރާގުޓީވީ "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ދިރާގުޓީވީ "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމު ހޯދާފައިވަނީ އާ ގޯލްޑް ޕެކޭޖެއް ނެގި އަލީ އަބްދުލް ސަމަދަށެވެ. އިނާމެއްގެ ގޮތުގައި އޭނާއަށް ސެމްސަންގް ޒީ ފޯލްޑް ފޯނެއް ލިބިފައިވެ އެވެ. އޭގެ އިތުރުން ދިރާގުން ވަނީ އިތުރު 10 ފަރާތަކަށް އިނާމު ހަވާލުކޮށްފަ އެވެ. މިފަރާތްތަކަށް ބޭސިކް ނުވަތަ ގޯލްޑް ޕެކޭޖެއް ހަ މަސް ދުވަހަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު ފެށި މި ޕްރޮމޯޝަންގައި އަލަށް ސަބްސްކްރައިބް ކުރި ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

ދިރާގު ޓީވީއަކީ 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އޭގެ ތެރޭގައި ސްޓާ ޗެނަލް ތަކާއި ޑިސްކަވަރީ ޗެނަލް ތަކުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ޗެނަލްތަކާއި ދީނީ ޗެނަލްތައް ހިމެނެ އެވެ. އަދި ކުޅިވަަރަށް ހާއްސަ ނިއޯ ޓީވީ ވެސް ދިރާގުން ފެންނާނެ އެވެ. ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 80 ޕަސެންޓު ގޭބިސީއަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.