16 އެޕްރީލް 2022 - 08:47

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އަށް ލިބުނު ފިރިހެން ދަރިފުޅަށް ކިޔަނީ ވޭވް ސެޓް ސޭފަސް ކަމަށް އޭނާ ބުނެފި އެވެ.
ކާޑީ އާއި އޭނާގެ ފިރިމީހާ އޮފްސެޓަށް ވަނީ މީގެ ހަ މަސް ކުރިން ފިރިހެން ދަރިއެއް ލިބިފަ އެވެ. އެ ދެމަފިރިންނަށް ދަރިއެއް ލިބުނު ފަހުން ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށް ފަހު ދާދި ފަހުން ވަނީ އެނބުރި އައިސްފަ އެވެ. އަދި އެންމެ ފުރަތަމަ ވެސް ކާޑީ އިއުލާންކުރީ ދަރިފުޅަށް ކިޔާ ނަމެވެ.
ދަރިފުޅަށް، ވޭވް ސެޓް ސެފަސް ކިޔާފައިވާއިރު، ފަހު ނަމަކީ އޮފްސެޓްގެ އަސްލު ނަން ކިއާރީ ކެންޑްރެލް ސޭފަސްގެ ފަހު ނަމެވެ.
ކާޑީ ކުރި ޓްވީޓެއްގައި ބުނީ އެ ދެމަފިރިންގެ ދަރިފުޅަށް ވޭވް ސެޓް ކިޔުމަށް ހިޔާލު ދިނީ އޮފްސެޓް ކަމަށެވެ. އަދި ހަމަ ނަން އިވުމާ އެކު، އެ ނަން ކިޔަން ބޭނުންވި ކަމަށް ކާޑީ ބުންޏެވެ.
ކާޑީ އާއި އޮފްސެޓް 2017 ވަނަ އަހަރު ކައިވެނި ކުރި އިރު، އެ ދެމީހުންގެ އިތުރު ދަރިއެއް ހުރެ އެވެ. އުމުރުން ތިން އަހަރުގެ އަންހެން ދަރިފުޅަށް ކިޔަނީ ކަލްޗާ ކިއާރީ ސޭފަސް އެވެ.