ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ބޮލީވުޑް ފލްމުތަކަށް މިއީ ވަރަށް ރަނގަޅު އަހަރެކެވެ. ވަރަށް ތަފާތު ވައްތަރުގެ ފިލްމުތައް ރިލީޒްކުރި އެވެ. އޭގެ ތެރޭގައި މީހުންގެ ހަޔާތާ ބެހޭ ފިލްމުތަކައި، ވަތަނީ ރޫހު އެކުލެވޭ ފިލްމާއި އެކި ފިލްމުތަކުގެ އާ ބައިތަައް ހިމެނެ އެވެ. ވަރަށް ތަފާތު މައްސަލަތައް ވެސް ބައެއް ފިލްމުތަކަށް ދިމާވި އެވެ. މި ހުރިހާ ފިލްމެއް ހިމެނުމުން ބޮލީވުޑްގެ އުފެއްދުންތެރިކަން މި އަހަރު ދިޔައީ މައްޗަށެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ބައެއް ފިލްމުތައް އާދަޔާޚިލާފަށް މޮޅުވެފައި ރީތި އިރު، ބައެއް ފިލްމުތައް އުންމީދުކުރި ވަރާ ގާތް ކޮށްލާވަރުވެސް ނުވެ ބެލުންތެރިން މާޔޫސް ކުރުވި އެވެ. ކްރިޓިކްސް އަށް ކަމުދިޔައީ ވަރަށް މަދު ފިލްމެއް ނަމަވެސް ފިލްމެއްގެ ކާމިޔާބީގައި އެންމެ މުހިއްމު ރޯލެއް ކުޅެނީ ފިލްމު ބަލާ މީހުން ކަމަށް ވާތީ އެމީހުންނަށް ކަމުދިޔަ ފިލްމުތަކަށް ވަނީ ކާމިޔާބު ލިބިފަ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ބޮލިވުޑްގައި މި އަހަރު ކާމިޔާބުވި ފިލްމުތަކާއި ނާކާމިޔާބުވި ފިލްމުތަކަށް ބަލައިލާނަމެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

އެއާލިފްޓް: ވަތަނީ ފިލްމުތައް އުފެއްދުމުގައި އަކްޝޭ ކުމާރު ކުރަމުންދާ ބުރަ މަސައްކަތުގެ ސިލްސިލާގެ ބޮޅެކެވެ. މީގެ ކުރިން "ބޭބީ" އަދި "ސްޕެޝަލް 26"، "ގައްބަރް އިޒް ބެކް" އަދި "ހޮލިޑޭ" ފަދަ ފިލްމުތައް މި ތީމްގެ ދަށުން އަކްޝޭ ކުޅުނެވެ. "އެއާލިފްޓް" އަކީ އިރާގު ސިފައިން ކުވޭތަށް އެރުމުން އެ ގައުމުގައި ތާށިވި އިންޑިޔާގެ އެތައް ބަޔަކު އަނބުރާ އިންޑިއާއަށް ގެންދަން ސިފައިންގެ މީހަކު ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމު ކަމުދިޔައީ ހަމައެކަނި ފާޑުކިޔުންތެރިންނަކަށް ނޫނެވެ. ބެލުންތެރިންނަށް ވެސް ފިލްމު ވަރަށް ކަމުދިޔަ އެވެ. އަދި 100 ކްރޯޑު (1000 މިލިއަން ރުޕީޒް) އަށް ވުރެ ގިނައިން މި ފިލްމު ހޯދި އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ނީރްޖާ: ފްލައިޓް އެޓެންޑެންޓް ނީރްޖާ ބަނޮޓްގެ ހަޔާތުގެ މައްޗަށް ސޯނަމް ކަޕޫރު ކުޅުނު މި ފިލްމަށް ވެސް ފާޑުކިޔާ މީހުންނާއި ބެލުންތެރިންގެ ތަރުހީބު ލިބުނެވެ. ޕާކިސްތާނުގެ ކަރާޗީގައި 1986 ގައި ހައޖެކްކުރި ޕޭން އޭމް ފްލައިޓް 73 ގައި ތިބި 200 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެ ބޯޓުގައި ހުރި އަންހެން ކުރޫއަކު ކުރި ހިތްވަރުގަދަ މަސައްކަތާއި އެ ކަމުގައި އޭނާގެ ފުރާނަ ގެއްލިގެން ދާ ގޮތް މި ފިލްމުގައި ދައްކަ އެވެ. މިއީ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ކަޕޫރު އެންޑް ސަންސް: ޝަކުން ބަޓުރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ވިއްސިވިހާލިވެފައިވާ އާއިލާއެއްގެ ވާހަކަ އެވެ. ޕާކިސްތާނު އެކްޓަރު ފަވާދު ޚާން، ސިދާރްތު މަލްހޯތުރާ، އާލިއާ ބަޓް، ރިޝީ ކަޕޫރު، ރަތުނާ ޕާތަކް އަދި ރަޖަތު ކަޕޫރު ގެ ކުޅަދާނަ އެކްޓިން ފެނިގެންދާ މި ފިލްމަށް އިންޑިޔާގެ އެކި ކަންކޮޅުތަކުން 50 ކްރޯޑު (500 މިލިއަން ރުޕީސް) އަދި މުޅި ދުނިޔޭން 100 ކްރޯޑު (1000 މިލިއަން ރުޕީސް) ލިބިފައި ވެއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ބާޣީ: ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރުގެ "ބާޣީ" އަށް 100 ޕަސެންޓް ފައިދާ ލިބި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އެވެ. އެކްޝަން-ރޮމެންޓިކް މި ފިލްމުގައި ލޯތްބާއި އެކުވެރިކަން އަދި ބަދަލުހިފުން ފަދަ ހުރިހާ ރަހަތަކެއް ހިމެނެ އެވެ. ފިލްމުގެ ވާހަކައާ ބެލުންތެރިން މާ ގަޔާނުވިޔަސް އެކްޝަން މަންޒަރުތައް މޮޅުކަމުން ފިލްމު އެހާ ރަނގަޅަށް ހިނގީ ކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ނާކާމިޔާބު ފިލްމުތައް

ހައުސްފުލް 3: މިއީ ހައުސްފުލް ފްރެންޗައިސްގެ ފިލްމުތަކުގެ ތެރެއިން ތިން ވަނަ ފިލްމެވެ. މިއީ ހަމައެކަނި މުނިފޫހިފިލުވުމަށް އުފައްދާ ކޮމެޑީ ފިލްމަކަށް ވާތީ މީގައި ބުއްދި ގަބޫލުނުކުރެވޭ ޒާތުގެ ކަންތައްތައް ހިނގިޔަސް ހީނ މަޖާކޮށްލަން ބޭނުންވި މީހުންނަށް މި ފިލްމު ކަމުދިޔަ އެވެ. މި އަހަރު 100 ކްރޯޑު (1000 މިލިއަން) ހޯދި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާޜުގެ މި ފިލްމު ވެސް ހިމެނެ އެވެ.

އޭ ދިލް ހެ މުޝްކިލް: މި ފިލްމުގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން މުހިއްމު ބައެއް ކުޅެފައިވާތީ ފިލްމު ރިލީޒްކުރުމުގެ ކުރިން ވަރަށް ގިނަ މައްސަލަތައް ޖެހުނު ނަމަވެސް 100 ކްރޯޑު (1000 މިލިއަން) ހޯދުމުގައި މި ފިލްމު ވަނީ ކާމިޔާބު ހޯދާފަ އެވެ. ކަރަން ޖޯހަރް ޑައިރެކްޓްކޮށް ރަންބީރު ކަޕޫރު، އަނުޝްކާ ޝަރުމާ އަދި އައިޝްވަރިޔާ ރާއީ ލީޑް ރޯލު ކުޅުނު މި ފިލްމަކީ މި އަހަރު ރިިލީޒްކުރި ލޯބީގެ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ރީތިވި ފިލްމެވެ.

އުޅްތާ ޕަންޖާބު: މިއީ މި އަހަރު އެންމެ ގިނަ މައްސަލަތައް ދިމާވި ފިލްމެވެ. ނަމަވެސް ކްރިޓިކްސް އާއި ބެލުންތެރިން މިފިލްމަށް ބޮޑު ތަރުހީބެއް ދިނެވެ. އާލިއާ ބަޓް އާއި ޝާހިދު ކަޕޫރު އަދި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސާންޖްގެ މި ފިލްމަށް ސެންސަރު ބޯޑުގެ މައްސަލަތައް ވެސް އިންތިހާއަށް ކުރިމަތިވި އެވެ. ޕަންޖާބުގައި އޮތް މަސްތުވާ ތަކެތީގެ ވަބާގެ މައްޗަށް އުފެއްދި މި ފިލްމު ވެސް ހީނުކުރާ ވަރުގެ ކާމިޔާބެއް ހޯދި އެވެ.

ސުލްތާން: މި ފިލްމު މިހާރު ވަނީ 300 ކްރޯޑު (3000 މިލިއަން ރުޕީސް) ފަހަނަޅާ ގޮސްފަ އެވެ. އަދި ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް ވެސް މުގުރާލި އެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަލްމާން ޚާނާއި އަނުޝްކާ ޝަރުމާ ވަރަށް ފުރިހަމަ އެކްޓިންއެއް ދެއްކި އެވެ.

ރުސްތުމް: މިއީ މި އަހަރު ނުކުތް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ ގޮތުގައި ބޮކްސް އޮފީސް ރެކޯޑް މުގުރާލި ފިލްމެވެ. އެއީ ކުޑަ ބަޖެޓަކުން އުފެއްދި ފިލްމަކަށް 100 ކްރޯޑު (1000 މިލިއަން ރުޕީސް) ލިބިގެންނެވެ. މިއީ 1959 ގައި ހިނގި ހަގީގީ ހާދިސާއެއްގެ ކޯޓު ކޭސް އަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ކޭއެމް ނާނާވަތީ އާއި މަހަރަޝްތުރަ ސަރުކާރާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް އުފެއްދި މި ފިލްމުގައި އިލެއިނާ ޑިކްރޫޒް، އީޝާ ގުޕްތާ އަދި އަކްޝޭ ކުމާރު ވަރަށް މޮޅަށް އެމީހުން ބައިތައް އަދާކުރި އެވެ.

ޕިންކް: ޑައިރެކްޓަރު އަނިރުއްދާ ރޯއީ ޗައުދަރީގެ މި ކޯޓުރޫމް ޑްރާމާ އަށް މުޅި ދުނިޔޭގެ ކަންކޮޅުތަކުން 100 ކްރޯޑު (1000 މިލިއަން ރުޕީސް) އަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ. މިއީ ދިއްލީގެ އަންހެނަކު އޭނާއަށް އަނިޔާދިން މީހުންނާ ދެކޮޅަށް ކޯޓުގައި ކުރާ ދައުވާއަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަމީތާބު ބައްޗަން އާއި ޕިޔޫޝް މެހެރާ މި ފިލްމުގައި ކުޅެފައިވަނީ ގާނޫނީ ވަކީލުންގެ ބަ އެވެ. ދިއްލީ އަންހެނެއްގެ ރޯލު ކުޅުނު ތާޕްސީ ޕަންނޫގެ ކުޅަދާނަކަން ފިލްމުން ފެނުނެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ މި އަހަރު ނުކުތް އެންމެ ރީތި ފިލްމު ކަމަށެވެ.

އެމް އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ: އިންޑިއާގެ ކްރިކެޓް ކެޕްޓަން މެހެންދުރަ ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ކުޅުނު މި ފިލްމުގައި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އާދަޔާޚިލާފު މޮޅު އެކްޓިންއެއް ދެއްކި އެވެ. ކްރިޓިކްސް އާއި އޯޑިއަންސް ވެސް މި ފިލްމު ދެކެ ވަރަށް ލޯބިވި އެވެ. މިއީ ކުޑަ ބަޖެޓް ފިލްމަކަށް ވާތީ މި އަހަރު އެންމެ ބޮޑު ފައިދާއެއް ހޯދުނު ދެ ވަނަ ފިލްމަކަށް އޮތީ މި ފިލްމެވެ.

ޝިވާއޭ: އަޖޭ ދޭވްގަންގެ މި ފިލްމު ވެސް ވަނީ 100 ކްރޯޑު (1000 މިލިއަން) މާކް ފަހަނަޅާފަ އެވެ. ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ޚިޔާލުތައް މި ފިލްމާ ދޭތެރޭ ހުރީ ވަރަށް މަސްހުނިކޮށް ނަމަވެސް ފިލްމުގެ އެކްޝަނާއި ވިޝުއަލްސް އަދި ޕާފޯމަންސް އާދަޔާޚިލާފަށް މޮޅެވެ.

ޑިއާ ޒިންދަގީ: ގޯރީ ޝިންޑޭ ޑައިރެކްޓްކޮށް ޝާހްރުކް ޚާނާއި އާލިއާ ބަޓް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަކީ ސްކްރީނަށް ޖާދޫއެއް ގެނެސްދިން މޮޅު ފިލްމެކެވެ. ޒުވާން އަންހެންކުއްޖެއްގެ ހަޔާތުގައި ކުރިމަތިވާ މައްސަލަތަކާއި އޭނާގެ ޖަޒުބާތުތައް މި ފިލްމުގައި ވަރަށް މޮޅަށް ދައްކަ އެވެ. މިއީ ވެސް 100 ކްރޯޑު (1000 މިލިއަން) ހޯދި ފިލްމެކެވެ.

މިރްޒިޔާ: އިންޑިޔާގެ ކުރީ ޒަމާނުގެ ވާހަކައެއް ކަމަށްވާ މިރްޒާ-ސާހިބާން ލޯބީގެ ވާހަކައަށް ބިނާކޮށްފައިވާ މި ފިލްމަކީ އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު ބޮލީވުޑަށް ނުކުތުން ފާހަގަކުރި ފިލްމެވެ. އަލަށް ތައާރަފްވި ސައިމީ ކޭރް ބަތަލާގެ ބައި ކުޅުނު މި ފިލްމު ޑައިރެކްޓްކުރީ ރާކޭޝް އޯމްޕްރަކާޝް މެހެރާ އެވެ. ފިލްމުގައި ދައްކަނީ އަސަރުގަދަ ލޯބީގެ ވާހަކަ ކުރީ ޒަމާނުގައި ހިނގި ގޮތާއި މިޒަމާނުގައި އެ ވާހަކަ ކުރިއަށް ދިޔަ ގޮތެވެ. ނަމަވެސް ފިލްމު ބަލާ މީހުންނަކަށް މި ފިލްމާ ގަޔާވެވޭ ގޮތް ނުވުމުން ސިނަމާތައް އޮތީ މުޅިން ހުހަށެވެ. މި ފިލްމުން ބޮޑު ގެއްލުމެއް ޕްރޮޑިއުސަރުންގެ ބޮލުގައި އަޅަން ޖެހުނެވެ.

ރޮކް އޮން 2: މިއީ "ރޮކް އޮން"ގެ ސީކުއަލްއަކަށް ވާތީ ކުރީ ފިލްމު ކަމުދިޔަ ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރު ކުރި އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރީ އިންޑިޔާގައި ފައިސާގެ ބޮޑު ދެ ނޫޓެއް ބޭނުންކުރުން ކުއްލިއަކަށް ހުއްޓާލިތާ ދެ ތިން ދުވަސް ތެރޭގައި ކަމުން ފިލްމު ބަލަން ސިނަމާތަކަށް ދިއުމަށް ވުރެ އާންމުން ބޭނުންވީ ބޭންކްތަކާއި އޭޓީއެމް ކިއޫތަކުގައި ތިބެގެން އަތުގައި ހުރި ފައިސާ ބަދަލުކުރާށެވެ. އެހެންކަމުން ކުޅަދާނަ ބޮޑު ސްޓާކާސްޓެއް ހިމެނުނު ނަމަވެސް ފިލްމު ވީ ފްލޮޕެވެ.

ބާރް ބާރް ދޭކޯ: މިއީ ވަރަށް ކާމިޔާބު ކޮންސެޕްޓަކަށް އުފެއްދި ފިލްމެއް ނަމަވެސް ފިލްމު އުފައްދާފައިވާ ގޮތް ކަމަކު ނުދެ އެވެ. ކެޓުރީނާ ކައިފް އާއި ސިދާރްތު މަލްހޯތުރާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ލަވަތައް ވަރަށް ރީތިވެފައި ކާމިޔާބު ނަމަވެސް ބޮކްް އޮފީހުގައި ފިލްމު ވީ ފްލޮޕެވެ.

އަ ފްލައިން ޖެޓް: "ބާޣީ" ކަހަލަ ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށް ފަހު ޓައިގާ ޝްރޮފްގެ ސުޕަހީރޯ ފިލްމު ބެލުންތެރިންނަކަށް ކަމަކު ނުދިޔަ އެވެ. ރޭމޯ ޑިސޫޒާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވެސް ވީ ނާކާމިޔާބެވެ.

ވަޒީރު: އަމީތާބު ބައްޗަން އާއި ފަރްހާން އަޚްތަރުގެ މި އެމޯޝަނަލް ތުރިލާ އަށް ބެލުންތެރިންގެ ޝައުގުވެރިކަން ނުލިބި މި ފިލްމަށް ވެސް ބޮޑު ނާކާމިޔާބެއް ކުރިމަތިވި އެވެ.

ފިތޫރު: އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވަރަށް މޮޅުވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ. ނަމަވެސް ކެޓުރީނާ ކައިފް އާއި އަދިތުޔާ ރޯއި ކަޕޫރު އަދި ތައްބޫ މުހިއްމު ބައިތައް ކުޅުނު މި ފިލްމު ބެލުންތެރިންނަކަށް ކަމަކު ނުދިޔަ އެވެ.

ކީ އެންޑް ކާ: ކަރީނާ ކަޕޫރާއި އަރްޖުން ކަޕޫރުގެ މި ފިލްމުގެ ވެސް ބައެއް ލަވަތައް ވަރަށް ކާމިޔާބު ވި ނަމަވެސް ފިލްމަށް ކާމިޔާބު ލިބޭ ގޮތެއް ނުވި އެވެ. މި ފިލްމަށް ވެސް ކުރި ޚަރަދު ފޫބެދޭވަރެއް ނުވި އެވެ.

ފޭން: ޝާހްރުކް ޚާން ޑަބަލް ރޯލު ކުޅެފައިވާ މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ 100 ކްރޯޑު (1000 މިލިއަން) ނުލިބި ފިލްމު ސިނަމާތަކުން ނަގަން ޖެހުމަކީ ފިލްމަށް ލިބުނު ބޮޑު ނާކާމިޔާބކެވެ.

މޮހެންޖޯ ދަރޯ: "ލަގާން" ފަދަ މޮޅު ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ މި ފިލްމަކީ އިންޑަސްވެލީ ސިވިލައިޒޭޝަންގެ ޒަމާނުގައި ހިނގި ލޯބީގެ ހާދިސާއަކަށް ބިނާކުރި ފިލްމެކެވެ. ރިތިކް ރޯޝަން ބަތަލުގެ ބައި ކުޅުނު މި ފިލްމު އުފެއްދީ ބޮޑު ބަޖެޓަކުން ކަމަށް ވާތީ މާލީ ގޮތުން ޕްރޮޑިއުސަރުންނަށް ބޮޑު ގެއްލުމެއް ލިބުނެވެ.

އަޒްހަރް: އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ މުހައްމަދު އަޒްހަރުއްދީންގެ ހަޔާތުގެ މައްޗަށް ކުޅުނު މި ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް މާޔޫސްވާން ޖެހުނު ފިލްމެކެވެ.