މައްސަލަ ހައްލުކޮށް އަލުން ކަރަންޓް އަލުން ދޭން ފަށައިފި
މައްސަލަ ހައްލުކޮށް އަލުން ކަރަންޓް އަލުން ދޭން ފަށައިފި

ގްރޭޓަ މާލެ އިންޓަ ކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެސް މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނު ތަންތަނަށް އަނބުރާ ކަރަންޓު ދޭން ފަށައިފި އެވެ.

މިއަދު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުން ވުމުގެ ސަބަބުންނެވެ. އެ ހިދުމަތް އަލުން ދެވޭނީ ގްރޭޓަ މާލެ އިންޓަ ކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެސްގެން ކަމަށް ކުރިން ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.

ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނީ 9:30 ހާއިރު އެވެ. ކަރަންޓު އަނބުރާ ދޭން ފަށާފައިވަނީ 1:00 ގަ އެވެ.