އަނގަފާރު އެޅީމާ ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ފަރުވާ
އަނގަފާރު އެޅީމާ ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ފަރުވާ

އަނގަފާރަކީ ހިރުގަނޑާއި ދޫ އަދި ތުންފަތުގެ އެތެރެ އާއި ކޮލުގެ އެތެރެ ފަރާތުގައި އާއްމުކޮށް ޖަހާ ފާރުކޮޅުކޮޅެވެ. ގިނަ ފަހަރަށް އަނގަފާރު އަޅަނީ އެތަނަކަށް ލިބޭ އަނިޔާއަކުން ނުވަތަ އެލާޖީއެއްގެ ސަބަބުންނެވެ. އިންފެކްޝަނެއްގެ ސަބަބުންނާއި ސްޓްރެސް އާ ހެދި ވެސް ބައެއް ފަހަރު އަނގައިގައި ފާރު އަޅަ އެވެ.

އަނގަފާރު އެޅީމާ ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ފަރުވާ
އަނގަފާރު އެޅީމާ ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ފަރުވާ

އަނގައިގައި ފާރުކޮޅެއް ޖެހުމަކީ ބިރުގަންނަން ޖެހޭ ވަރުގެ ނުރައްކާތެރި ބައްޔަކަށް ނުވިޔަސް މިއީ ވަރަށް ވޭން އަޅާ ކަމެކެވެ. އެހެންކަމުން އަނގަފާރު އެޅީ ކޮންމެ ފަދަ ސަބަބަކާ ލައިގެން ނަމަވެސް އަވަހަށް އެތަނެއް ފަސޭހަވޭތޯ ކޮންމެ މީހަކު ވެސް ގަދައަޅާ މަސައްކަތް ކުރެ އެވެ. ނަސީބަކުން އަނގަފާރަށް ވަރަށް ރަނގަޅު ހޯމް ރިމެޑީޒް ހުރެ އެވެ.

އަނގަފާރު އެޅީމާ ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ފަރުވާ
އަނގަފާރު އެޅީމާ ގޭގައި ތައްޔާރުކުރެވިދާނެ ބައެއް ފަރުވާ

އިނގިލި ކުރިން ނުވަތަ ކަފަކޮޅެއް ކާށިތެލުން ތެންމާލުމަށް ފަހު ފާރުކޮޅުގައި އުނގުޅާށެވެ. ކަފަކޮޅެއް ފަދަ އެއްޗެއް ހަރުކޮށްފައި ބޭންދޭ ނަމަ އެގޮތަށް ހެދުން މާ ރަނގަޅެވެ. ބޭނުންވަނީ ފާރުކޮޅުގައި ވީހާވެސް ގިނަ އިރަކު ކާށިތެޔޮ ހަރުލާފައި ހުރުމެވެ.

ބޭނުންވާނީ މާމުއިގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ރަނގަޅަކީ އޯގަނިކް މާމުޔެވެ. އެންމެ ފުރަތަމަ ހޫނު ފެންފޮދަކުން ރީއްޗަށް އަނގަ ތެރެ ދޮވެލާށެވެ. ދެން ފާރުކޮޅުގައި މާމުއި ކޮޅެއް ހާކާލާށެވެ. ދުވާލަކު ދެ ތިން ފަހަރު މިގޮތަށް މާމުއި ޖަހަން ފެށުމުން ވަރަށް އަވަހަށް ފާރުކޮޅު ފަސޭހަވެ އެވެ.

މުގުރާފައި ހުރި ކަޔެންކޮޅެއްގެ ތެރެއަށް ހޫނު ފެން ފޮދެއް އަޅާ އެއްކޮށްލާށެވެ. ބަހައްޓާނީ ޕޭސްޓެއް ގޮތަށް ހުންނަވަރަށް ހިކިކޮށެވެ. ކަފަބުރަކުން މީގެ ކަޔެން ކްރީމްކޮޅެއް ފާރުކޮޅުގައި ޖަހާށެވެ. ދުވާލަކު މަދުވެގެން ދެ ފަހަރު މި ފަރުވާ ދެނިކޮށް ތަދު ކެނޑި ފާރުކޮޅު ފަސޭހަވާނެ އެވެ.

އަލޫ ވެރާގެ ޖެލްކޮޅެއް ނަގާފައި ފެން ފޮދަކާ އެއްކުރާށެވެ. އަދި އަނގަ ދޮންނަ ސޮލިއުޝަނެއް ގޮތަށް މީގެން އަނގަ ދޮންނާށެވެ. ފާރުކޮޅު އިން ހިސާބު ދޮވުން މުހިއްމެވެ. މި ފަރުވާ ދުވާލަކު ތިން ފަހަރު ދިނުމުން ވަރަށް އަވަހަށް ފަސޭހަ ވާނެ އެވެ.

ހޫނު ފެން ތައްޓަށް ދެ އިނގިލި ކުރިން ހިފޭ ވަރުގެ ލޮނުކޮޅެއް އަޅާފައި ގިރާލާށެވެ. ދެން މި ފެނުން ދުވާލަކު މަދުވެގެން ތިން ފަހަރު އަނގަ ދޮންނާށެވެ. ފާރުކޮޅު މުޅިން ފަސޭހަވަންދެން މިގޮތަށް ކޮންމެ ދުވަހަކު ވެސް އަނގަ ދޮންނާށެވެ.

މި ފަރުވާއަށް ބޭނުމީ ލައިވް ކަލްޗާ ހިމެނޭ ޕްލެއިން ޔޯގަޓެވެ. ދުވާލަކު މަދުވެގެން ތިން ފަހަރު ޔޯގަޓް ސަމުސަލެއް ނުވަތަ ތައްޓެއް ކާލާށެވެ. ނަތީޖާ އަވަސްވެ ފާރުކޮޅު އަވަހަށް ފަސޭހަވާން ބޭނުން ނަމަ ޔޯގަޓާއި މާމުއިކޮޅަކާ އެއްކޮށްލައިގެން ކާލާށެވެ.

އަނގަ ފާރަށް ތައްޔާރުކޮށްފައި ހުންނަ ތަފާތު ބާވަތްތައް ފިހާރަތަކުން ފެނެ އެވެ. ނަމަވެސް މިފަދަ އެއްޗެހި ކޮންމެހެން ބޭނުމެއް ނުވާނެ އެވެ. ސަބަބަކީ ހުރިހާ ގޮތަކުން ވެސް ފަސޭހަ، ގުދުރަތީ ފަރުވާ ލިބެން ހުރީމަ އެވެ.