އަހަންނަކީ ބުޅަލެއް، ނަމަކީ ޗޫޕެޓް، އާމްދަނީ އަކީ 3 މިލިއަން ޑޮލަރު!
އަހަންނަކީ ބުޅަލެއް، ނަމަކީ ޗޫޕެޓް، އާމްދަނީ އަކީ 3 މިލިއަން ޑޮލަރު!

މަޝްހޫރު ބައެއް މޮޑެލުންނަށް ވެސް ނުލިބޭ ވަރުގެ އާމްދަނީއެއް މި ބުޅަލަށް ކޮންމެ މަހަކު ލިބެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި ބުޅަލެވެ. މިދިޔަ އަހަރު އެކަނި ވެސް މި ބުޅަލުގެ އާމްދަނީ އުޅެނީ ތިން މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. ޓުވިޓާގައި މި ބުޅާ ފޮލޯކުރާ މީހުންގެ އަދަދު 100،000 އަށް އަރަ އެވެ.

އަހަންނަކީ ބުޅަލެއް، ނަމަކީ ޗޫޕެޓް، އާމްދަނީ އަކީ 3 މިލިއަން ޑޮލަރު!
އަހަންނަކީ ބުޅަލެއް، ނަމަކީ ޗޫޕެޓް، އާމްދަނީ އަކީ 3 މިލިއަން ޑޮލަރު!

މިހާ ބޮޑު އާމްދަނީއެއް މި ބުޅަލަށް ލިބެނީ ކީއްވެގެންކަން އެނގެން ގިނަ ބަޔަކު ބޭނުންވާނެ އެވެ.

އަހަންނަކީ ބުޅަލެއް، ނަމަކީ ޗޫޕެޓް، އާމްދަނީ އަކީ 3 މިލިއަން ޑޮލަރު!
އަހަންނަކީ ބުޅަލެއް، ނަމަކީ ޗޫޕެޓް، އާމްދަނީ އަކީ 3 މިލިއަން ޑޮލަރު!

ޗޫޕެޓް ނަމަކަށް ކިޔާ މި ބުޅަލަކީ އާދައިގެ ބުޅަލެއް ނޫނެވެ. މިއީ ޑިޒައިނަރެއް ކަމަށްވާ ކާލް ލެޖާފީލްޑް "ބޭބީ" އަކަށް ހަދައިގެން ގެންގުޅޭ ބުޅަލެކެވެ. ލެޖަފީލްޑްގެ ބްރޭންޑްތަކުގައި އޭގެ ފޮޓޯ ބޭނުންކުރެ އެވެ. އެކަމަކު އެއީ ހިލެ އެވެ.

ޗޫޕެޓަށް އާމްދަނީ ލިބެނީ ވަރަށް މަޝްހޫރު ދެ ބްރޭންޑަކަށް މޮޑެލް ކޮށްދީގެންނެވެ. އެތަނުން އެއް ބްރޭންޑަކީ ޖަރުމަނުގެ އޯޕެލް ކާރެވެ. ދެވަނަ ބްރޭންޑަކީ ޖަޕާނުގެ ކޮސްމެޓިކް ކުންފުނި ޝޫ އުމޫރާ އެވެ.

ލެޖަފީލްޑް ބުނާ ގޮތުގައި އަގުހެޔޮ ބްރޭންޑަކަށް ޗޫޕެޓް މޮޑެލްއެއް ނުކޮށްދޭނެ އެވެ. އަދި ޗޫޕެޓް އަށް ބުނު ތިން މިލިއަން ޑޮލަރުގެ އާމްދަނީ އަށް ބަލާއިރު އެއީ އޭތި ކޮންމެހެން ކުރަން ޖެހޭ ކަމެއް ވެސް ނޫނެވެ.

ޗޫޕެޓް އުޅެނީ ވެސް މުއްސަނދި ދިރިއުޅުމެކެވެ. އޭތި ކަނީ އެއަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޑައިނިން ޓޭބަލެއްގަ އެވެ. އަމިއްލަ ކައްކާއިން ތިބެ އެވެ. ޗޫޕެޓް ކާން ބޭނުންކުރަނީ އެއަށް ޚާއްސަކޮށްގެން ފްރާންސްގެ މަޝްހޫރު ކުންފުނި ގޯޔާޑް އިން ތައްޔާރުކޮށްފައިވާ ރިހި ތަށީގަ އެވެ.

މޮޑެލްކުރުމުގެ އެކި މަސައްކަތަށް ޕެރިސް، ނިއު ޔޯކް އަދި މޮންޓެ ކާލޯ އަށް ވަރަށް ގިނައިން ޗޫޕެޓް ދަތުރުކުރަން ޖެހެ އެވެ. އެ ދަތުރުތަކުގައި އެއަށް ޚާއްސަ މެއިޑުން ތިބެ އެވެ.

ޗޫޕެޓް އަށް ޚާއްސަ އައިޕެޑް ވެސް ވަނީ ހަދައިފަ އެވެ. އެ އައިޕެޑުން ގޭމް ކުޅުމަކީ ޗޫޕެޓް ވަރަށް ކުރާހިތްވާ ކަމެކެވެ.

މަޝްހޫރު ވޯގް މަޖައްލާގެ ކަވަރުގައި ވެސް ދެ ފަހަރު ޗޫޕެޓްގެ ފޮޓޯ ޖަހާފައިވެ އެވެ.