ފްލެޓް ފިނިޝިންއަށް ހަ މިލިއަނެއްހާ ރުފިޔާ ނަގައި މަސައްކަތެއް ނުކުރޭ: އާދަމް ޝަރީފް
ފްލެޓް ފިނިޝިންއަށް ހަ މިލިއަނެއްހާ ރުފިޔާ ނަގައި މަސައްކަތެއް ނުކުރޭ: އާދަމް ޝަރީފް

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އެކި ކުންފުނިތަކުން ހަ މިލިއަނެއްހާ ރުފިޔާ ނެގުމަށް ފަހު އެ ކުންފުނިތަކުގެ ޚަބަރެއް ނުވާ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ފްލެޓް ފިނިޝިންއަށް ހަ މިލިއަނެއްހާ ރުފިޔާ ނަގައި މަސައްކަތެއް ނުކުރޭ: އާދަމް ޝަރީފް
ފްލެޓް ފިނިޝިންއަށް ހަ މިލިއަނެއްހާ ރުފިޔާ ނަގައި މަސައްކަތެއް ނުކުރޭ: އާދަމް ޝަރީފް

ފިނިޝިން މަސައްކަތަށް ފައިސާ ނެގުމަށް ފަހު، އެ މަސައްކަތް ނުނިންމައި ފައިސާ އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ފްލެޓް ލިބުނު މީހުންނާ މެދު ސަރުކާރުން ގެންގުޅެނީ "ޖެއްސުން" ކުރުމުގެ ސިޔާސަތެއް ކަމަށެވެ.

"އެއީ އެކި ފަހަރު މަތިން އެތަން ހަވާލުކުރުމުގައި ވެސް. އަދި އޭގެ ފަހުން އެތަނަށް ކުލި ދެއްކުމުގައި ވެސް މި ގެންގުޅޭ އެކި ކަހަލަ ބަހަނާތައް މިއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ބޮޑެތި ގެއްލުންތައް އެ މީހުންނަށް ލިބެމުންދާ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ފްލެޓް ލިބުނު މީހުންނަށް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ފިނިޝިން ނިންމައިދޭނެ ކަމަށް ބުނެ ހަ މިލިއަނެއްހާ ރުފިޔާ ނަގާފައިވާކަން އެނގުނީ އެ ބޭފުޅުން އެއްކުރި މައުލޫމާތުންނެވެ. އެ ކުންފުނިތަކުން މިހާރު މީހުން ގުޅުމުން ފޯނު ނުނަގައި ފިލައިގެން އުޅޭ ކަމަށް ވިދާޅުވިޔަސް އެއްވެސް ކުންފުންޏެއްގެ ނަމެއް ހާމައެއް ނުކުރައްވަ އެވެ.

"މި ހިޔާނާތުގެ ތެރެއިން ކުންފުނިތަކުން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވޭ. އަޅުގަނޑުމެން އެއްކުރި މައުލޫމާތުގައިވާ ގޮތުން ގާތްގަނޑަކަށް 70 ވަރަކަށް އާއިލާއަށް މި މައްސަލަތައް ދިމާވެފައިވޭ. މީގައި ގިނައީ އެއްގޮތަކަށް ވެސް ކުންފުނިތަކުން ޖަވާބުދާރީނުވާ އަދި އެ ކުންފުނިތަކުން އެހެން ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުން ކަހަލަ އެތައް އޮޅުވާލުމެއް ހިނގާފައިވާ މައްސަލަތައް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ސަރުކާރުގެ ސަމާލުކަން ގެނައުމަށް މަސައްކަތް ކުރެއްވީ އެ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށެވެ.

"މި ކުންފުނިތަކާއި ސަރުކާރާއި އަދި މަޖިލީހުގެ ވެސް ބައެއް މެމްބަރުންގެ ވެސް ހިއްސާ މީގެ ތެރެއިން ބައެއް ކުންފުނިތަކާ އޮތީމާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި މައްސަލައާ މެދު އެއްގޮތަކަށް ވެސް ބަހުސް ކުރަން ބޭނުންނުވީ،" އާދަމް ޝަރީފް ތުހުމަތުކުރެއްވި އެވެ.

އޭނާ ވަނީ ފްލެޓްގެ ކުއްޔަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަނޑައަޅާފައިވާ ކަމަށް ބުނާ 5،600ރ. ނެގުމަށް ވެސް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގައި ދެން ހެދި ފްލެޓްތަކާއި ހިލާފަށް އެ ފްލެޓްތައް ނިންމަން އަތުން ވެސް ބޮޑު ހަރަދެއް ކުރަން ޖެހުނެވެ.

ފްލެޓް ކުލި ނުދެއްކުމަށް ގޮވާލާ މައްސަލައާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގަކަށްވާތީ އެކަން ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވުމުން ސަރުކާރުން ކުލި ކުޑަކުރާނެކަމަށެވެ. އަދި މި ސަރުކާރުން ކުލި ކުޑަނުކުރިޔަސް ޕީޕީއެމްގެ ވެރިކަމެއްގައި ކުލި ކުޑަކުރާނެ ކަމަށް އިދިކޮޅުން ބުނާ ވާހަކަ އޭނާ ވެސް ތަކުރާރުކުރެއްވި އެވެ.