13 އެޕްރީލް 2022 - 07:08

އައުޓްޑޯ ސްޕޯޓްސްގައި ކުޅަދާނާ ބްރެޒިލްގެ މީހަކު 1،901 މީޓަރު އުހުގައި އޮތް ވަލެއް މަތީގައި ހިނގައި، ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ރަފައެލް ޒުންގްނޯ ބްރިޑީ ކިޔާ 35 އަހަރުގެ އެ މީހާ ހުސް ފަޔާ ހިނގީ، ދެ ހޮޓް އެއާ ބެލޫންގެ ދެމެދުގައި ދަމާފައިވާ ވަލެއްގެ މަތިންނެވެ. އެ ވަލުގެ ފުޅާމިނުގައި ހުރީ އެންމެ އިންޗިއެކެެވެ.
އެ ހަރަކާތް ބޭއްވީ ބްރެޒިލްގެ ހިސާބެއް ކަމަށްވާ ޕަރިއާ ގްރާންޑޭ އާއި ސެންޓާ ކެޓަރީނާ ހިސާބުގަ އެވެ. އޭނާ ހިނގީ 1،901 މީޓަރުން މަތިން ކަމަށްވާއިރު، އެއީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބްރުޖު ހަލީފާ އަށް ވުރެ ވެސް ދެ ގުނަ އުހެވެ.
މިދިޔަ އަހަރު ޑިސެމްބަރު 2 ގައި އޭނާ އެ ރިކޯޑް ހެދިޔަސް، ދުނިޔޭގެ ރިކޯޑް ފޮތަށް އެރީ މިދިޔަ ހަފުތާގަ އެވެ.